ކ – މާލެ – މއ.ވައިކަރަދޫގެ – އަމިއްލަ ގޯތި ފަތެއް
Record
· http://example.org/archive/record-acc-95bc9f86-r00343
View OAIS mapping → View in graph → Edit →
1371ހ ސަފަރު 23(1951މ ނޮވެންބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާ އިން؛ ބަންޑާރަ އެދުރުގޭ ސީދިއަށް މިލްކުވެފާވާ ކަމުގާ، 1365ހ(1946މ)ގާ، އަބްދުއްލޯ ޖަލާލުއްދީނު އުއްތަމަ ފަނޑިޔާރުގެ މަޖިލީހުން ފަތްލިޔެދެއްވާ، އަދި އެސީދީގެ އަނބިކަނބަލުންނާއި ދަރިކަލުންނަށް މިލްކުވެ، އެޔަށްފަހު، އަލްމުހްތަރަމް ފޫޅުމާގޭ ދޮންމަނިކު އެގޯތި ގަނެ، މިލްކުކުރި ކަމުގާ، 1371ހ ސަފަރު 19(1951މ ނޮވެންބަރު 19)ގާ، ކުރީގެ ފަތުގެ ނުފުށުގާ، ހަމަ އެފަނޑިޔާރު މަޖިލީހުން ލިޔެފާވާ ލިޔުމަކުން ސާބިތުވާ، ހެންވޭރު ރަތްވިލާ މަގާ އިންވެ އުތުރުން ކާސިންޖީ މަގާ އިންވެ ހުޅަނގުން އޮތް ހ.މާބުރުގޯތި، އާއި، 1371ހ ސަފަރު 19(1951މ ނޮވެންބަރު 19)ގާ، މަހްކަމަތުލް ޝަރީއްޔާއިން، ދާހިލިއްޔާއަށް ފޮނުވާފާވާ، 21/21ނަންބަރު ސިޓީއިން، ތުއްތުމަންޖެ ޅަސޮރުއަށް މިލްކުވެ، އަދި އެ ގޯތީގެ 8/5ބައި، އޭނާގެ ބެހެނިވެރިން އަތުން، ފޫޅުމާގޭ ދޮންމަނިކު ގަނެ މިލްކުކޮށްފާވާ ކަމުގާ، ސާބިތުވާ، ހެންވޭރު ރޯޝަނީ މަގާ އިންވެ އުތުރުން ރުއްދޮށުގެއާ އިންވެ ހުޅަނގުން އޮތް ކައްދޫ މާލިމީގެ ގޯތީގެ މި 8/5ބަޔާއި، މިދެތަން ދައުލަތަށް ދޫކޮށް، ހެންވޭރު ކާސިންޖީމަގާ އިންވެ އިރުން، ރަތްވިލާމަގާ އިންވެ އުތުރުން އޮތް ފޫޅިމާގެ ކިޔާ ބަންޑާރަ ގޯއްޗާ ލާޖައްސާ، އެ ހ. ފޫޅުމާގެ، އަލްމުހްތަރަމް ފޫޅުމާގެ ދޮންމަނިކު އަށް މިލްކުވެފާވާ ކަމާއި، އެތާގެ އިމާއި މިން ހިމަނާ؛ ލިޔެދީފާވާ ފަތުގެ ނަކަލެއް. Real estate document on land ownership: Machchangoalhi Vaikaradhooge (Size: 10" X 7.4") K - Male' - Ma.Vaikaradhooge (Housing Plot) - Private Property
Creator(s)
Provenance
Other properties
| contributor | - |
| coverage | Modern History |
| coverage | The 1950s |
| date | 1956 |
| format | Physical Medium |
| language | Dhivehi |
| language | Thaana |
| recordNumber | R00343 |
| rights | No known Restrictions on publication |
| source | President's Office |
| storageLocation | National Archives - Records Room Museum Building |
| subject | Maldives-- Vaikaradhooge-- Housing Plot-- Private Property |
| title | K - Male' - Ma.Vaikaradhooge - Amilla Goathi Fatheh |
| transferredRecord | Yes |
| type | Manuscript |