ކ – މާލެ – ހ.މާފާޅަގެ – އަމިއްލަ ގޯތި ފަތެއް

Record · http://example.org/archive/record-acc-95bc9f86-r00341

View OAIS mapping → View in graph → Edit →

1374ހ ރަބީލްއާހިރު 23(1954މ ޑެސެމްބަރު 19)ގާ، ވުޒާރަތުލް ދާހިލިއްޔާ އިން؛ އަބަދަށްފެހި މަގާ އިންވެ އިރުން، މިއަލަނި ގޯޅިއާ އިންވެ އުތުރުން އޮތް، ދެކުނުގޭ އަހުމަދު މަނިކަށް މިލްކުވެފާވާ ކަމުގާ، 1339ހ ޖުމާދިލްއާހިރު 7(1921މ ފެބްރުވަރީ 15)ގާ، ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނު ފަތްލިޔެފާވާ، އަދި، 1340ހ މުހައްރަމް 11(1929މ ސެޕްޓެންބަރު 14)ގާ، އެފަތުގެ އަނެއްފަރާތުގާ އޭނާގެ ތަރިކެ ނީލަންކިޔުމުން، ދޮށުންގެ މުސްކުޅި ހަސަންފުޅު ގެދަރި އަލިފުޅު، ނީލަމުން އެގޯތި ގަތް ކަމުގާ، ހަމަ އެ މަޖިލީހުން، ލިޔެދެއްވާ، އަދި އެކަމަށް ފަތެއް ނުލިޔެވި އޮށްވާ، އަލިފުޅު ނިޔާވުމުން، މަހްކަމަތުލް ޝަރީއްޔާއަށް، ހަސަންފުޅު އެކަން ހުށައަޅާ، އެމަހްކަމާއިން އެކަން ބަށްލަވާ، އެގޯތި އެއީ ހަސަންފުޅުގެ ތަނެއްކަމުގާ، ނިޔާކުރައްވާ، 1343ހ ރަބީލްއާހިރު 28(1924މ ނޮވެންބަރު 26)ގާ ފަތްލިޔެފާވާ، އަދި، 1347ހ ޝައްވާލް 22(1929މ އޭޕްރިލް 3)ގާ، އެތަން އޭނާގެ ދަރި މުސްކުޅި އިބްރާހީމްފުޅުގެ ޅަތުއްތުއަށް މިލްކުވެ، އޭނާ، އެގޯއްޗާއި އެތާގާ ހުރި ގެ، ކަޅުފުތު އިސްމާއީލް ފުޅަށް ވިއްކާ، އިސްމާއީލް ފުޅަށް މިލްކުވެފާވާ ކަމުގާ، އަލްފަގީހު އަލްގާޒީ ހުސެއިން، ފަތްލިޔެދެއްވާފާވާ، އަދި 1347ހ ރަބީލްއާހިރު 17(1928މ އޮކްޓޯބަރު 1)ގާ(މިތާރީހު މިފަތުގާ ބުނެވިފާވަ މުއާމަލާތާއި ދިމަލެއް ނުވޭ..އިސްފަސް ވެފާ)، މަހްކަމަތުލް ޝަރީއްޔާއިން ވުޒާރަތުލް ދާހިލިއްޔާއަށް ފޮނުއްވި ސިޓީއިން، އެ އިސްމާއީލްފުޅު އެގޯތި، ސޯހިބުއްސައާދާ އިބްރާހީމް ހަސަން ދީދީ އަށް، ވިއްކާ، އެ ދީދީ، ސުއްމުލްއަމީރު އިބްރާހީމް ދޮށިމޭނާކިލެގެފާނަށް ވިއްކާ، އެކިލެގެފާނު، އެތަން އައިޝަތުގެ ދޮންމޫސާގެ ދޮންކޮއްކޮއަށް، ހިބައިން ދެއްވާފާވާ، ހ.މާފާޅަގެ، އެ ދޮންކޮއްކޮއަށް މިލްކުވެފާވާކަން ސާބިތުވެ، ލިޔެދީފާވާ ފަތުގެ ނަކަލެއް. K - Male' - H.Maafalhuge (Housing Plot) - Private Property Real estate document on land ownership: Henveiru Maafaalhage (Size: 10" X 7.4")

Creator(s)

Provenance

Other properties

contributor -
coverage Modern History
coverage The 1950s
date 1954
format Physical Medium
language Dhivehi
language Thaana
recordNumber R00341
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives-- Maaflhuge-- Housing plot-- Private property
title K - Male' - H.Maafalhuge - Amilla Goathi Fatheh
transferredRecord Yes
type Manuscript