ކ - މާލެ – ހ.މެދުޒިޔާރަތްދޮށުގޯތީގެ އިރުމަތީ އޮތް ބައި – ރިޕޯޓެއް(ގޯތި، ބަންޑާރަ ގޯއްޗާ ލާ ޖައްސާފަ) - ނަކަލެއް - "10ދ × "7.4ފ – ތާނަ – 2ގަނޑު/2ސަފްހާ)
Record
· http://example.org/archive/record-acc-95bc9f86-r00338
View OAIS mapping → View in graph → Edit →
1380ހ ޒުލްގައިދު 30(1961މ މޭ 16)ގާ، މަހްކަމަތުލް ޝަރީއްޔާ އިން، އެ މަހްކަމާ އަށް، ގަލޮޅުގޭ އިބްރާހީމް ދީދީގެ ބޭފުޅުންގެ ފަރާތުން، އެގޭ ފާތުމަތު އިބްރާހީމް ދީދީ، ހ.މެދުޒިޔާރަތްދޮށުގޯތީގެ މައްސަލައެއް ހުށައަޅުއްވާ، އެ މަހްކަމާއަށް، އަބްދުއްލޯ މުފީދު އައިސް، ހެންވޭރު މެދުޒިޔާރަތްދޮށުގޯތީގެ އިރުން އޮތް ބަންޑާރަ ބިންކޮޅު އެއީ، ގަލޮޅުގޭ އިބްރާހީމް ދީދިގެ ބިންކޮޅެއް ކަމާ، އަދި އެކަމުގެ މައްޗަށް އެއްވެސް ލިޔުމެއް ނެތް ކަމުން، ލިޔުމެއް ދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އައްނައިބު ހުސެއިން ސަލާހުއްދީނު ފަތް(264ނަންބަރު)ލިޔެދީފާވާ، ހެންވޭރު ބޭރުލަޑި ގޯއްޗާ އިންވެ އިރުން އޮތް ގޯއްޗަކީ، ގަލޮޅުގޭ މުހައްމަދު ދީދީގެ މިލްކެއް ކަމުގާ ސާބިތުވެ، އަދި އެ ގޯތި، ހ.މެދުޒިޔާރަތްދޮށުގެއާ އިންވެގެން އޮތް ބަންޑާރަ ބިމުން ބަދަލު ދެއްވާ ލާޖައްސާފާވާކަން، 1362ހ(1943މ)ގާ، ދާހިލިއްޔާ އިން ލިޔެދެއްވާފާވާ ފަތުން ސާބިތުވެ، އަދި، 1374ހ ޝައްވާލް 23(1955މ ޖޫނު 14)ގާ، ފަލީލަތުއްޝެއިހު އަލީ ހުސެއިން ދީދީ ނިންމަވާފާވާ ގަޒިއްޔާއިން، އޭރު މެދުޒިޔާރަތްދޮށުގޯތީގާ ވަނީ، އިހުގެ މެދުޒިޔާރަތްދޮށު ގޯއްޗާއި، އެތަނުގެ ތެރެއަށް ފަހުން ލެއްވި، ބޭރުލަޑި ގޯތީގެ އިރުން އޮތް، ގަލޮޅުގޭ މުހައްމަދު ދީދީގެ ތަރިކަ ބެހިއިރު، އޭނާގެ ދަރި ފަތްލިޔާގޭ މަރިޔަމް ދީދި އަށް މިލްކުވެ، އޭނާގެ އަތުން، ވައިކަރަދޫ މުހައްމަދު މަނިކު މެދުވެރިކޮށް، ގަލޮޅުގޭ އިބްރާހީމް ދީދީ ގަނެ، މިލްކުކޮށް ބަދަލުގާ ލާޖައްސާ، އޭނާޔަށް މިލްކުވެފާވާ ގޯތިކޮޅަކާ، ދެބައި ކަމުގާ ސާބިތުވުމުން؛ ހ.މެދުޒިޔާރަތްދޮށުގޯތީގެ އިރުން އޮތް ގޯތިކޮޅު އެއީ ގަލޮޅުގޭ އިބްރާހީމް ދީދީގެ މިލްކެއް ކަމުގާ ފަތް ލިޔެދެއްވުމަށް، އެ މަހްކަމާއިން ނިންމެވިކަމުގެ ރިޕޯޓުގެ ނަކަލެއް. K - Male' - H.Medhuziyaaraiy Dhoshu Goathi (Irumathi) (Housing Plot) - Report, Housing plot (government) Real estate document on land ownership: Henveiru Medhuziyaaraiidhoshugoathi (Size: 10" X 7.4")
Creator(s)
Provenance
Other properties
| contributor | - |
| coverage | Modern History |
| coverage | The 1960's |
| date | 1961 |
| format | Physical Medium |
| language | Dhivehi |
| language | Thaana |
| recordNumber | R00338 |
| rights | No known Restrictions on publication |
| source | President's Office |
| storageLocation | National Archives - Records Room Museum Building |
| subject | Maldives -- K.Male' -- H.Medhuziyaaraiy Dhoshu Goathi -- Irumathi -- Housing Plot -- Report -- Goverment -- Thaana |
| title | K - Male' - H.Medhuziyaaraiy Dhoshuge Irumathi oi bai - Report eh (Goathi, Bandaara Goachaa Laajahsaafa) |
| transferredRecord | Yes |
| type | Manuscript |