ކ - މާލެ – ހ.މީރުބަހުރުގޭ – އަމިއްލަ(ގޯތި ބަންޑާރަ ގޯއްޗާ ލާޖައްސާފަ) ފަތެއް
Record
· http://example.org/archive/record-acc-95bc9f86-r00335
View OAIS mapping → View in graph → Edit →
1379ހ ޖުމާދިލްއާހިރު 14(1959މ ޑިސެންބަރު 15)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1284ހ ރަބީލްއައްވަލް(1867މ ޖުލައި)ގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު އުއްތަމަ ފަނޑިޔާރުގެ މަޖިލީހުން، ތުންކެނޑި މަނިކުގެ ދަރި ދޮންމަނިކުގެ ފިރި ގާސިމް އަށް ހަލާލުބައިގެ ގޮތުގާ ލިބިފާ އޮއްވާ، ދަރަވަންދޫ އިބްރާހީމްގެ ދަރިން، ހަސަންފުޅު އާއި އާދަމްފުޅު އާއި އަދި އެދެބެންގެ މަންމަ ގަނެ މިލްކުކޮށް، އަދި އެ 3މައިން ސައްޔިދު ސައްޔިދު ކިލެގެފާނަށް ވިއްކާ އޭނާ އެތަން މިލްކުކޮށްފާވާ ކަމުގާ، ފަތްލިޔެ، އަދި ހަމަ އެފަތުގެ ނުފުށުގާ، 1356ހ ޒުލްހައްޖު 3(1938މ ފެބްރުވަރީ 4)ގާ، މަހްކަމަތުލް ޝަރީއްޔާއިން، ލިޔެފާވާ ލިޔުމަކުން، އެސްޖެހި ގަނޑުވަރުގެ އައްސައްޔިދު މާފަތްކިލެގެފާނުގެ ތަރިކަ ބެހިއިރު، އޭނާގެ ދަރި ތުއްތުސިއްތި އަށާ، އަނބި އައިމިނަތު ދީދީއަށް ލިބި، އައިމިނަތު ދީދީގެ ބައި ތުއްތުސިއްތި ގަނެ، މުޅިތަން ތުއްތުސިއްތި މިލްކު ކޮށް، އޭނާ ނިޔާވުމުން، އެނާގެ ބެހެނިވެރިން، މުހައްމަދު އިސްމާއީލް ދީދީ، އަހުމަދު ރިޒާ، އަލީ ރިޒާ އަދި ފާތުމަތު ރިޒާއަށް އެތަން މިލްކުވެފާވާ ކަމުގާ، މަހްކަމަތުލް ޝަރިއްޔާގެ، ށ-3-59/109 ނަންބަރު ސިޓީއިން ސާބިތުވާ، ގަލޮޅު ރަށްދެބައި މަގުގެ އިރުން ހެލެނބެލި ގޯތީގެ ދެކުނުން އޮތް، ގ.މޭވާގެ ކިޔާ ގޯތި، ދައުލަތަށް ބޭނުންވުމުން، އެގޯތީގެ ބަދަލުގާ، ހ.މީރުބަހުރުގެ ލާޖައްސާ، އެ ހަތަރު މީހުންނަށް، އެގޯތި މިލްކުވެފާ ކަމުގާ، އެތާގެ އިމާއި މިން ބަޔާންކޮށް؛ ލިޔެދެއްވާފާވާ ފަތުގެ ނަކަލެއް. Real estate document on land ownership: Henveiru Meerubahuruge (Size: 11" X 8.5") Chief Justices - Al Ghaazee Mohamed Muhibbuddin 1. K.Male', 2.R.Vandhoo - H.Meerubahuruge (Housing Plot) - 1. Private Property, 2. Housing plot (government)
Creator(s)
Provenance
Other properties
| contributor | - |
| coverage | Modern History |
| coverage | The 1950's |
| date | 1.1959 |
| format | Physical Medium |
| language | Dhivehi |
| language | Thaana |
| recordNumber | R00335 |
| rights | No known Restrictions on publication |
| source | President's Office |
| storageLocation | National Archives - Records Room Museum Building |
| subject | Maldives -- K.Male' -- R.Vandhoo -- H.Meerubahuruge -- Housing Plot -- Private Property -- Goverment -- Thaana |
| title | K - Male' - H.Meerubahuruge - Amilla (Goathi Bandaara Goacha Laajahsaafa) Fatheh |
| transferredRecord | Yes |
| type | Manuscript |