ކ - މާލެ – ގ. ކޮރުޖީ އިސްމާއީލް މަނިކުގެ ހަސަން މަނިކު ގޯތި – އަމިއްލަ ގޯތި ފަތެއް

Record · http://example.org/archive/record-acc-95bc9f86-r00333

View OAIS mapping → View in graph → Edit →

1320 ހ ޖުމާދިލްއާހިރު 13(1902މ ސެޕްޓެންބަރު 16)ގާ، އައްސުލްތާނު މުހައްމަދު އިމާދުއްދީނުގެ، އަލް އައްޑުވީ ހަސަން ދީދީގެ ދަރި އަލްހާއްޖަ އަލީ ދީދީގެ ޝަރީއަތު މަޖިލީހުގާ، ކޮރުޖީގެ އިސްމާއީލް މަނިކުގެ ހަސަން މަނިކު، އޭނާގެ، ގަލޮޅުގާ އޮތް ގޯތީގެ ފަތް އައުކޮށްދެއްވުމަށް އެދުމުން؛ އެތާގެ އިހުފަތް ބަށްލަވާ، މިގޯއްޗަކީ މާލޭގާވާ ބަންޑާރަ ގޯތިތަކާ އަމިއްލަ ގޯތިތަކުގެ ކަންތައްތައް ހަމަޖެއްސުމަށް، އައްސުލްތާނު ހަސަން ނޫރުއްދީނު އެކުލަވާލެއްވި ކޮމިޓީ އިން، ދޮނަކުޅީ މުހައްމަދު ފަޑިއަތް ގަނެ މިލްކުކޮށްފައިވާ، ގަލޮޅު ބޮޑުމަގާ އިންވެ އިރުން އޮތް ގޯތީގެ މައްސަލަޖެހިގެން، އެ މުހައްމަދު ފަޑިއަތް އަށް މިލްކުވެފާވާކަން، ސާބިތުކުރުމުން، އެތަނުގެ މިން ހިމަނާ، 1208ހ(1794މ)ގާ، ހަސަން ނޫރައްދީނުގެ ދަރުބާރުން ފަތްލިޔެދެއްވާފާވާ ގޯއްޗެއް ކަމުގާ ސާބިތުވުމުން، އެ މަޖިލީހުން އެފަތް އާކޮށް، މުހައްމަދުލް މުލަކީ ގެދަރި އައްނައިބު މުސާ ދީދީ ލިޔެދެއްވާފާވާ ފަތުގެ ނަކަލަކާއި، މި ނަކަލުގެ ތިރީގާވާ: 1343ހ ޒުލްހައްޖު 14(1925މ ޖޫނު 6)ގާ، ކޮރުޖީގެ އިސްމާއީލް މަނިކުގެ ހަސަން މަނިކުގެ ގަލޮޅުގާ އޮތް ގޯތި، ދެބައިކޮށް، އިރުމަތީ ބައި، އެ ކޮރުޖީގެ ހަސަން މަނިކުގެ ދޮންމަނިކު، ތަކަންދޫ ކާސިމުގެ ދަރި މޫސާ އަށް، -/300އަށް ވިއްކި ކަމުގަޔާ، އަނެއްބާ އެ ދޮންމަނިކަށް މިލްކުވެ، 1343ހ ޒުލްގައިދު 24(1925މ ޖޫނު 16)ގާ ފަތްލިޔެފާވާ އޮތްކަމުގާ، އެފަތުގެ ނުފުށުގާ، މޫސަލް މަހައްލީގެ ދަރި ހުސެއިން ލިޔެފާވާ ލިޔުމެއްގެ ނަކަލެއް. Real estate document on land ownership (Size: 10" X 7.4") K - Male' - G. Korujee Ismail Manikuge Hassan Manik (Housing Plot) - Private Property

Creator(s)

Provenance

Other properties

contributor By Sultan Mohamed Imaduddin
coverage Modern History
coverage The 1900's
date 1902
format Physical Medium
language Dhivehi
language Thaana
recordNumber R00333
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives -- K.Male' -- G. Korujee Ismail Manikuge Hassan Manik -- Housing Plot -- Private Property
title K - Male' - G. Korujee Ismail Manikuge Hassan Manik Gaothi - Amilla Goathi Fatheh
transferredRecord Yes
type Manuscript