ކ - މާލެ – މ.ތާގީދޮށުގެ – އަމިއްލަ(ގޯތި، ބަންޑާރަ ގޯއްޗާ ލާޖައްސާފަ) ފަތެއް

Record · http://example.org/archive/record-acc-95bc9f86-r00331

View OAIS mapping → View in graph → Edit →

1371ހ ރަބީލްއައްވަލް 6(1951މ ޑިސެންބަރު 5)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، 1339ހ ޒުލްގައިދު 5(1921މ ޖުލައި 11)ގާ، ފިރިމަނިކުގެ އިބްރާހީމްފުޅުގެ މިލްކެއްކަމުގާ، ފަތްލިޔެ، އަދި އެ އިބްރާހީމްފުޅުގެ މަރުބަލާ މަތިން، ނޮޅިވަރަންފަރު ބޮޑު ހުސެއިން ތައްހާނު އަށް މިލްކުވެފާވާކަން، އެފަތުގެ އަނެއްފުށުގާ، އަބްދުލް ޖަލާލުއްދީނު އުއްތަމަ ފަނޑިޔާރުގެ މަޖްލީހުން ނިޔާކުރަށްވިކަމުގާ ލިޔެފާވާ، އަދި، ތައްހާނުގެ ތަރިކެ ބެހުމުގެތެރޭގާ، އެގޯއްޗާއި ގެ ނީލަމަށް ލާ، ނީލަމުން، އަލްމުހްތަރަމް ކޮލިގޭ އުމަރު މަނިކު ގަނެ މިލްކުވެފާވާކަމުގާ 1368ހ ޖުމާދިލްއާހިރު 8(1949މ އޭޕްރިލް 7)ގާ، ފަތްލިޔެފާވާ، މާފަންނު ހަވީރީ ހިނގުމާ އިންވެގެން ދެކުނުން އޮތް ރަންބުސްތާނު ގޯތި އާއި، 1208ހ(1794މ)(ފަތުގާ އޮތީ 1308ހ، އެއީ އޮޅުމެއް...ރަދުންނަށް ބަލާފާ)ގާ، ލަޑާ މުދިމަށް މިލްކުވެފާވާ ކަމުގާ، އައްސުލްތާނު ހަސަން ނޫރައްދީނު، ފަތްލިޔެދެއްވާފާވާ، އަދި، 1295ހ ރަބީލްއާހިރު(1878މ އޭޕަރިލް)ގާ، ހިތަދޫ އަލީ، އެތަން ގަނެ، މިލްކު ކުރި ކަމުގާ، އައްނައިބު އިސްމާއީލް ނިޔާކުރެށްވާފާވާ ކަމުގާ، ހަމަ އެފަތުގެ ނުފުށުގާ، ހަމަ އެ ނައިބު، 1367ހ ޖުމާދިލްއައްވަލް 17(1948މ މާޗް 28)ގާ ލިޔެފާވާ، އަދި މި އަލީގެ ތަރިކަ ބަހާ، އޭނާގެ ދޮންކޮއްކޮ އަށް އެތަން މިލްކުވެ، އޭނާގެ ބެހެނިވެރިން، އެތަން، ކޮލިގޭ އުމަރު މަނިކަށް ވިއްކާ، މިލްކުވީކަމުގާ، ހަމަ އެފަތުގެ ނުފުށުގާ ހަމަ އެނައިބު ލިޔެފާވާ، ޝާރިއުވަރުދީއާ އިންވެގެން ހުޅަގުން އޮތް ދެމާގަސްދޮށުގޯތި އާއި، 1318ހ(1900މ)ގާ، އޭރު އޮތް ޝަރީއަތުގެ މަޖިލީހުން، އަލްވަޒީރު ހަސަން ޝާހު ބަންދަރު ވެލާނާ މަނިކުފާނަށް މިލްކުވެފާވާ ކަމުގާ ފަތްލިޔެފާވާ، އަދި އޭނާގެ ތަރިކެ ބެހިއިރު އޭނާގެ ދަރި އުތުރުގޭ ދޮންދީދީ އަށް މިލްކުވެ، އެދީދީ، އެތަން އުމަރު މަނިކަށް ވިއްކާ، މިލްކުވީކަމުގާ، ހަމަ އެފަތުގެ ނުފުށުގާ، އަލްގާޒީ އަބްދުއްލޯ ޖަލާލުއްދީނު ލިޔެދެއްވާފާވާ، މައްޗަންގޯޅި ބަސީރު ގޯތި އާއި، މި 3 ގޯތި، މާފަންނު ފެންފިޔާޒު ގޯޅި އާއި އިންވެ އިރުން ފުއްކަފަގޯޅިއާ އިންވެ އުތުރުން އޮތް ބަންޑާރަ ގޯތި(މ.ތާގީދޮށުގެ) އާއި ބަދަލުކޮށް ލާޖެއްސުމަށް، ކޮލިގޭ އުމަރު މަނިކު އެދި، އެކަން ދައުލަތައް ރަގަޅުވެ، ބުނެވިފާއެވާ ފަތްފަތުން އެތަންތަނުގެ މިލްކުވެރިކަން ސާބިތުވެ، އެމުއާމަލާ ހިންގާ، އޭނާގެ 3ގޯތީގާ އިތުރައްއޮތް ބައި، ދައުލަތުން ގަނެ، މ.ތާގީދޮށުގެ، ކޮލިގޭ އުމަރު މަނިކުއަށް މިލްކުވީ ކަމުގާ، އެ ވުޒާރާއިން، ލިޔެފާވާ ފަތުގެ ނަކަލެއް. Real estate document on land ownership: Maafannu Thaageedhoshuge (Size: 10" X 7.4") K - Male' - M.Thaan'geedhoshuge (Housing Plot) - Private Property, Housing plot (government)

Creator(s)

Provenance

Other properties

contributor -
coverage Modern History
coverage The 1950's
date 1951
format Physical Medium
language Dhivehi
language Thaana
recordNumber R00331
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives -- K.Male' -- M.Thaan'geedhoshuge -- Housing Plot -- Private Property -- Goverment -- Thaana
title K - Male' - M.Thaan'geedhoshuge - Amilla (Goathi, Bandaara Goathi Laajahsaafa) Fatheh
transferredRecord Yes
type Manuscript