ކ - މާލެ – މ.މާފަންނުއާގެ(އަމިއްލަ ބައި) – އަމިއްލަ ގޯތި ފަތެއް
Record
· http://example.org/archive/record-acc-95bc9f86-r00330
View OAIS mapping → View in graph → Edit →
1379 ޖުމާދިލްއާހިރު 14(1959މ ޑިސެންބަރު 15)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، އިބްރާހީމް ފަރީދު ދީދީގެ މިލްކު، މ.ލާމިގަސްދޮށުގޭ ގޯތި ދައުލަތަށް ނެގުމަށް، އެގޯތީގެ ބަދަލުގާ މާފަންނުއާގޭ ގޯތީގައި އޮތް ބަންޑާރަބިމުން ބަދަލުދީ ލާޖެއްސުމުގާ، ލާމީގަސްދޮށުގެއިން އިތުރުވީ ތަން، މ.ފެންގަސްދޮށުގެއާ އިންވެގެން ހުޅަގުން އޮތް ބަންޑާރަބިމުން ނަގާ އެގޯއްޗާ އެއްކޮށް އިބްރާހީމް ފަރީދުއަށް މިލްކު ވެފާވާF3-40))ކަމުގާ ލިޔެ، މާފަންނުގޭގާ ވާ، 4 ވަގުފްގޯއްޗާއި، 2 އަމިއްލަ ގޯތީގެ ތެރެއިން، އަމިއްލަ އެއްގޯތި ކަމުގާވާ، 1346ހ މުހައްރަމް(1927މ ޖުލައި)ގާ، އެއްގަމުގޭ ތުއްތު އަލީ ދީދީ އަށް މިލްކުވެ އޮތް މުރީދުގެ ކިޔާ ގޯތީގެ ބަދަލުގާ ދެއްވާފާވާ ބަންޑާރަ ގޯއްޗާއި(މާފަންނުއާގޭ ބައެއް)، އަބްދުލް މަޖީދު ދީދީގެ މިލްކުގާވާ ގ.ގަލޮޅުއާގެ ކިޔުނު ގޯތި، ތުއްތު އަލީ ދީދީގެ މާފަންނައާގޭގާ ވާ ތަނާ ބަދަލުކުރަށްވާ، އެތަން އަބްދުލް މަޖީދު މިލްކުކޮށް، އޭގެފަހުން އޭނާގެ ދަރި އައްނަބީލު އިބްރާހީމް ފަރީދު ދީދީ އަށް މިލްކުވެފާވާ ކަން ސާބިތުވާ ކަމާއި، އަދި އެތަގާ ދެން އޮތް އަމިއްލަ ބައި ކަމުގާވާ މާފަންނު ކަތީބު މަނިކުފާނު ގޯއްޗާއި އެތާގާ ހުރި ގެ، 1345ހ ރަމްލޯނު 11(1927މ މާޗް 15)ގާ ލިޔެދީފާ ފަތަކުން، އަބްދުލް މަޖީދު ދީދި އަށް މިލްކުވެފާވާ ކަމާއި(F3-40)، އަދި އޭގެ ފަހުން، 1346ހ ޖުމާދިލްއައްވަލް 19(1927މ ނޮވެންބަރު 14)ގާ، ލިޔެފާވާ ފަތަކުން އޭނާގެ އަނބިކަނބަލުން ނަށް މިލްކުވެ، 1379ހ ސަފަރު 2(1959މ އޯގަސްޓް 7)ގާ، އިބްރާހީމް ފަރީދު އަށް މިލްކުވެފާވާ ކަމާއި(F3-40)، އަދި މިބައިން، އަބްދުލް މަޖީދު ދީދީ އާއި، އަލްވަޒީރު ހަސަން ފާމުދޭރި ތަކުރު އަށް ލިބުނު ދެބައިވެސް، 1351ހ ސަފަރު 17(1932މ ޖޫނު 22)ގާ، ލިޔެފާވާ ފަތަކުން އިބްރާހީމް ފަރީދު ދީދީ އަށް މިލްކުވެ، މި މާފަންނުއާގޭގާވާ އަމިއްލަ ބައި އެއްކޮށް، އިބްރާހީމް ފަރީދު ދީދީއަށް މިލްކުވެފާވާ ކަމުގާ، މިން ހިމަނާ އެ ވުޒާރާއިން ލިޔެފާވާ ފަތެއްގެ ނަކަލެއް. K - Male' - M.Maafannuge (Private) (Housing Plot) - Private Property Real estate document on land ownership: Maafannu Maafannuaage (Size: 10" X 7.4")
Creator(s)
Provenance
Other properties
| contributor | - |
| coverage | Modern History |
| coverage | The 1950's |
| date | 1959 |
| format | Physical Medium |
| language | Dhivehi |
| language | Thaana |
| recordNumber | R00330 |
| rights | No known Restrictions on publication |
| source | President's Office |
| storageLocation | National Archives - Records Room Museum Building |
| subject | Maldives -- K.Male' -- M.Maafannuge -- Housing Plot -- Private Property -- Thaana |
| title | K - Male' - M.Maafannuge (Amilla Bai) - Amilla Goathi Fatheh |
| transferredRecord | Yes |
| type | Manuscript |