ކ - މާލެ – މއ.ދަތުރުނާގެ – އަމިއްލަ ގޯތި ފަތެއް
Record
· http://example.org/archive/record-acc-95bc9f86-r00328
View OAIS mapping → View in graph → Edit →
މި ކަރުދާހުގާ 3 ލިޔުމެއް ވޭ. 1252ހ ރަޖަބް(1836މ އޮކްޓޯބަރު)ގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނުގެ މަޖިލީހަށް، މަޑުއްވަރީ ދޮންމޫސާ ކަލޭގެ އާއި އިރުފުހޭ މޫސާ ތަކުރުފާނުގެ އަލީ ކަލޭފާނު އައިސް، މައްޗަންގޯޅި ދިގުރައިވެރި ބޭގެ ގެއާއި އެއް އިންވެގެން އުތުރުން އޮތް އެ މޫސާކަލޭގެ ގޯތި، ބަޑިކޮށީ އެދުރު މަނިކު އާއި ސިއްތިކަލޭ ގެދަރި އަހުމަދު ފުޅު އާއި މައްޗަންގޯޅި އައްޑޫ ކޮޔާއި، މިތިން މީހުން ހެކިކޮށް، އަލީ ކަލޭފާނު އަށް 43ކޮށްޓޭ ބޮއްޔަށް ވިއްކިކަމުގާ ބުނެ، އެމަގަށް، އެތަނުގެ ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެ ތިން މީހުންގެ ހެކިބަހުން އެކަން ސާބިތުވުމުން، މިވިޔަފާރި ސައްހަކަމުގާ ނިޔާ ކުރަށްވާ، އެމަޖިލީހުން ލިޔެދެއްވި ފަތުގެ ނަކަލެއް. އަދި އެލިޔުމުގެ ތިރީގާ، 1358ހ ޒުލްގައިދު 6(1939މ ޑިސެންބަރު 17)ގާ، މަހްކަމަތުލް ޝަރިއްޔާ އިން، މިގޯތިން އިރުފުހޭ މުދިން ކަލޭފާނު އަށް ވީ އެންމެހާ ތަން، އޭނާގެ ދޮންދަރި އިރުފުހޭ ދޮންމަނިކު އަށް ހިބައިން ދިނުމުން، އެ މުއާމަލާތް ސައްހަ ކަމުގާ، އެ މަހްކަމާ ލިޔެ، މޫސަލް މަހައްލީ ގެދަރި ހުސެއިން ސޮއެކޮށް ލިޔެފާވާ ލުޔުމެއްގެ ނަކަލެއް. އަދި ހަމަ މިކަރުދާހުގާ، 1369ހ މުހައްރަމް 30(1949މ ނޮވެންބަރު 21)ގާ، އުއްތަމަ ފަނޑިޔާރު އަބްދުއްލޯ ޖަލާލުއްދީނު ގެ މަޖިލީހުން؛ މިގޯތިން، އިރުފުހޭ މުދިން ކަލޭގެފާނަށް ވީތަން ފިޔަވާ ދެންއޮތް ތަނަކީ، އައްޑޫއަލީގެ ހައްވާފުޅުގެ ތަނެއް ކަމާއި، އަދި އެ ހައްވާފުޅުގެ ދޮންކަމަނަ އެތަން އިރުފުހޭ ދޮންމަނިކު އަށް، ވިއްކުމުން، މުޅި އެގޯތި އިރުފޮހޭ ދޮންމަނިކު އަށް މިލްކުވީ ކަމުގާ، ލިޔެފާވާ ލިޔުމެއްގެ ނަކަލެއް. Real estate document on land ownership: Machchangoalhi Dhathurunaage (Size: 10" X 7.4") Chief Justices - 1.Al Ghaazee Mohamed Muhibbuddin, 2. Al Ghaazee Abdul Jalaluddin K - Male' - Ma.Dhathurunaage (Housing Plot) - Private Property
Creator(s)
Provenance
Other properties
| contributor | - |
| date | 1. 1905, 2. 1939 |
| format | Physical Medium |
| language | Dhivehi |
| language | Thaana |
| recordNumber | R00328 |
| rights | No known Restrictions on publication |
| source | President's Office |
| storageLocation | National Archives - Records Room Museum Building |
| subject | Maldives -- K.Male' -- Ma.Dhathurunaage -- Housing Plot -- Private Property -- Thaana |
| title | K - Male' - Ma.Dhathurunaage - Amilla Goathi Fatheh |
| transferredRecord | Yes |
| type | Manuscript |