ކ - މާލެ - ހ.ބިލެއްމާގެ(ހ.މަދަރާ ގޯތި) – ވަގުފް/އަމިއްލަ ގޯތި ފަތެއް
Record
· http://example.org/archive/record-acc-95bc9f86-r00324
View OAIS mapping → View in graph → Edit →
1354ހ ޖުމާދިލްއައްވަލް 21(1935މ އޯގަސްޓް 21)ގާ، މަހްކަމަތުލް ޝަރީއްޔާގެ، އަލްގާޒީ ހުސެއިން އަފީފުއްދީނުގެ ޝަރީއަތު މަޖިލީހުގާ، ފޭދޫކޮށީގެ އާބަކުރުގެ އަހުމަދުފުޅު، ހެންވޭރު ކަޅުވަކަރު މިސްކިތުގެ އުތުރުން އޮތް މަދަރާގެ ކިޔާ ގޯތީގެ ބެހެނިވެރީން، އޭނާއަތުން 48/302 ނަގާ، އެގޯތިގެ ވަގުފްކޮށްފާވާ ބައި، އޭނާޔާ ހަވާލުކޮށް، އަމިއްލަ ތަންތަނާއި، ވަޅުވަޅާއި، ރުއްގަސް އޭނާޔަށް މިލްކުވެފާވާ ކަމުގަޔާ، އަދި އެކަމުގެ މައްޗަށް ފަތެއް ލިޔެދިނުމަށް އެދުމުން؛ އެކަން ބެއްލެވިއިރު، އެމަދަރާގޯތީގެ 2/1 މަލިކު ދޮންތަކުރުގެ ދަރިކޮޅަށް ވަގުފްވެފާވާ، އަދި އަނެއްބައި އެމީހުންނަށް މިލްކުވެފާވާ ކަމުގާ، 1244ހ(1829މ)ގާ، އަލްގާޒީ އިބްރާހމް ސިރާޖުއްދީނު ލިޔެދެއްވި ފަތަކުން ސާބިތުވެ، އަދި، އޭގެފަހުން، ފޭދޫކޮށީ އާބަކުރުފުޅުގެ އިބްރާހީމްފުޅު ފިޔަވާ އެހެން އެންމެން، ފޭދުކޮށީ އާބަކުރުގެ އަހުމަދުފުޅު އަތުން 6/288 ނަގާ، މިގޯތީގެ ވަގުފް ބައި އޭނާޔާ ހަވާލުކޮށް، އަމިއްލަ ބަޔާ، އެތާގާވާ ވަޅު އަދި ރުއްގަސް ވިއްކާފާވާ ކަމުގާ، 1349ހ(1930މ)ގާ، އަލްގާޒީ ހުސެއިން ސަލާހުއްދީނު ލިޔެދެއްވާފާވާ ފަތުން ސާބިތުވާތީ، ޝަރީއަތަށް އެއިބްރާހީމްފުޅު ހާޒިރުކޮށް، އޭނާޔަށްވާ ވަގުފްބައި، 42/14އަށް، އަހުމަދުފުޅު އާއި ހަވާލުކޮށް، އަމިއްލަބައި ވިއްކި ކަމުގާ އޭނާ އިގުރާރުވުމުން، އެމަދަރާގެ ކިޔާ ގޭގެ ވަގުފްބައިގެ ހަވާލުވެރިކަމާއި، އަނެއްބައިގެ މިލްކުވެރިކަން، ފޭދޫކޮށީގެ އާބަކުރުގެ އަހުމަދުފުޅު އަށް ލަށްވާފި ކަމުގަޔާ، އަދި އެތާގެ އިމާއި މިން ބަޔާންކޮށް، އެމަޖިލީހުން، އަބްދުއްލޯގެ ދަރި ސައީދު ލިޔެދީފާވާ ފަތުގެ ނަކަލެއް. (Size: 10" X 7.4") Chief Justices - Al Ghaazee Hussain Afeefuddin K - Male' - H.Bilehmaage (Housing Plot) - Private Property, Deed for housing plot
Creator(s)
Provenance
Other properties
| contributor | - |
| coverage | Modern History |
| coverage | The 1930's |
| date | 1935 |
| format | Physical Medium |
| language | Dhivehi |
| language | Thaana |
| recordNumber | R00324 |
| rights | No known Restrictions on publication |
| source | President's Office |
| storageLocation | National Archives - Records Room Museum Building |
| subject | Maldives -- K.Male' -- H.Bilehmaage -- Housing Plot -- Private Property -- Deed for housing plot -- Thaana |
| title | K - Male' - H.Bilehmaage (H.Madharaa Goathi) - Vaguf/Amilla Goathi Fatheh |
| transferredRecord | Yes |
| type | Manuscript |