ކ - މާލެ – ހ.މެދުރީމުސްކުޅިގެ – ވަގުފް ގޯތި ފަތެއް
Record
· http://example.org/archive/record-acc-95bc9f86-r00323
View OAIS mapping → View in graph → Edit →
1329ހ ސަފަރު 27(1911މ ފެބްރުވަރީ 27)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު އިސްކަންދަރުގެ ދަރުބާރުގާ ހަތީބު ހުސެއިން އާއި، މޫސާ މަހައްލީ ގެދަރި ނައިބު ހުސެއިންގެ ނިޔާކުރައްވާ މަޖިލީހުގާ، މެދުރީ މުސްކުޅި ހައްވާފާނުގެ އިބްރާހމްފުޅުގެ އަހުމަދު ކަލޭފާނުގެ އައިޝާފުޅުގެ މެދުތުއްތޫގެ ދޮންތުއްތު އާއި އޭނައާއި އެއްބަނޑު ދޮންމަނިކެގެ ފިރިމީހާ، އިބްރާހީމް ތަކުރުފާނު އާއި ދެމީހުން އައިސް؛ އެހައްވާފާނުގެ ދަރިކޮޅަށް ވަގުފްކޮއްފާވާ ގޯތި، މުސްކުޅިކަލޭގެ އިބްރާހީމްފުޅު ނަގައިގެން އުޅޭތާ އެތައްދުވަހެއް ވެއްޖެ ކަމުގާ ބުނެ، އެތަން އެމީހުންނަށް ރައްދުކޮށްދެއްވުމަށް އެދުމުން؛ އެތަނުގެ 1208ހ(1794މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނުގެ ދަރުބާރުން ލިޔެފާވާ ފަތުން، އެއީ ކަނދޮޅުދޫ ބަނޑޭރި އިސްމާއިލް ތަކުރުފާނަށް، މިލަކުވެ އޮތް ގޯއްޗެއް ކަމާ، 1247ހ(1831މ)ގާ މުހައްމަދު މުހިއްބުއްދީނު ލިޔެދެއްވާފާވާ ފަތަކުން، އޭނާގެ ގެދަރި މެދުރީ މުސްކުޅި ހައްވާފާނު އަށް މިލްކުވެފާ ވަނިކޮށް އޭނާ އެތަން ވަގުފް ކުރިކަމަށް ސާބިތުވެ، އެ އިބްރާހީމް ފުޅު އެ މަޖިލީހަށް ހާޒިރުކޮށް، އޭނާޔާ ސުވާލުކުރުމުން، އަލިމަނިކު އެގޯތި މީނާއަށް -/130ރުވިޔާއަށް ވިއްކި ކަމާ، އޭރު، އޭނާޔަށް، އެއީ ވަގުފް ތަނެއްކަން ނޭނގޭ ކަމުގާ ބުނެ، އެ ޝަރީއަތުގެ މަޖިލީހުން އެތަން ނުވިއްކޭނެ ކަމަށާއި، އަދި އެތާގެ ހަވާލުވެރިން، އެފައިސާ އިބްރާހީމްފުޅު އަށް އަނބުރާ ދޭން ނިޔާ ކުރެއްވުމުން، އެފާސާ ދެއްކީ، އެތާގެ ހަވާލުވެރިން ކުރެ، ތުއްތުމަނިކެ ކަމުގާ ވުމުން، އެ ވަގުފް ގޯތީގެ ހަވާލުވެރިކަން އޭނާޔަށް ދޭން، ނިންމުމުން، އެމަގަށް، އެ ޝަރީއަތުގެ މަޖިލީހުން ލިޔެދެއްވި ފަތުގެ ނަކަލެއް. Size: 10" X 7.4" K - Male' - H.Medhuree Muskulhige (Housing Plot) - Housing plot (Endowed)
Creator(s)
Provenance
Other properties
| contributor | By Sultan Mohamed Shamsuddin |
| coverage | Modern History |
| coverage | The 1910's |
| date | 1911 |
| format | Physical Medium |
| language | Dhivehi |
| language | Thaana |
| recordNumber | R00323 |
| rights | No known Restrictions on publication |
| source | President's Office |
| storageLocation | National Archives - Records Room Museum Building |
| subject | Maldives -- K.Male' -- H.Medhuree Muskulhige -- Housing Plot -- Endowed |
| title | K - Male' - H.Medhuree Muskulhige - Vaguf Goathi Fatheh |
| transferredRecord | Yes |
| type | Manuscript |