ކ - މާލެ – ހ.ހަބަރުގެ(ހުރި) ގޯތި – ވަގުފް/އަމިއްލަ ގޯތި ފަތެއް

Record · http://example.org/archive/record-acc-95bc9f86-r00318

View OAIS mapping → View in graph → Edit →

1345ހ ޖުމާދަލްއާހިރު 20(1926މ ޑިސެންބަރު 26)ގާ، މަހްކަމަތުލް ޝަރީއްޔާއިން، ހުސެއިން ސަލާހުއްދީނުގެ މަޖިލީހުގާ، އަލީ ދީދީ ދޮންމަނިކު ގެދަރި ހަސަން މަނިކު، ހެންވޭރު ރަނަހަމާދި ފާތިލަކޮށްޓާ އިންވެގެން ހުޅަގުން އޮތް މަސް އިސްމާއީލް ގޯތިން، މިލަދޫ އަބްދުއްރަހްމާނު ގަނެފާވާ ބައި، އެ އަބްދުއްރަހްމާނު އަތުން ލަންގަރު ކުޑަމަނިކު ގަނެފާ އޮއްވާ، އެމަނިކުގެ ދަރި ހުސެއިން މަނިކު އަތުން، އޭނާ ގަނެފި ކަމާ، އަދި، މިތަނާ އިންވެގެން ހުޅަގުން، ކުރެންދޫ ހުސެއިންތަކުރުގެ މަރިޔާފާނު ވަގުފްކޮށްފާވާ ގޯއްޗެއްގެ 2/1 ބައިގެ ވާރުތަވެރީންގެ އިޒުނައާއިއެކު ލަންގަރު ކުޑަމަނިކުގެ ހުސެއިން މަނިކު، އޭނާޔަށް -/120ރުފިޔާއަށް އެބައިގެ ވަގުފް އޭނާޔާ ހަވަލުކޮށްފާވާ ކަމުގާ ބުނެ، އެދެތަން އެއްކޮށް މިން ހިމަނާ، ފަތެއްލިޔެދެއްވުމަށް އެދުމުން؛ އެކަން ބެށްލެވިއިރު، އެގޯއްޗަކީ، ކުރެންދޫ ހުސެއިންތަކުރުގެ މަރިޔާފާނު، މިގޯތީގެ 2/1 އެނާގެ ދަރިކޮޅަށް، އެދަރިކޮޅު ނެތްނަމަ، މުހައްމަދު ތަކުރުގެ އިބްރާހީމް ތަކުރުގެ ދަރިކޮޅަށް ވަގުފްކޮށްފާވާ ތަނެއްކަމުގާ 1205ހ(1791މ)ގާ، އަލްގާޒީ އިބްރާހމް ސިރާޖުއްދިން ލިޔެދެއްވާފާވާ ފަތަކުން ސާބިތުވެ، އަދި، މިބަޔާ އިންވެގެން އުތުރުން އޮތް މަސް އިސްމާއީލް ގޯތީގެ ދެކުނު އަދި އުތުރު ބިތުން، 2 ބައި، މިލަދޫ އަބްދުއްރަހްމާނު ގަނެފައިވާކަމުގާ 1318ހ(1900މ)ގާ، ހާޖީ އަލީ ދީދީ އާއި އީސަލް މުލަކީ ގެދަރި މުހައްމަދުގެ ޝަރީޔަތު މަޖިލީހުން ލިޔެދެއްވާފާވާ ފަތަކުން ސާބިތުވެ، އަދި އެވަގުފް ބައިގެ ހަވާލުވެރިކަމާއި، އަދި އަމިއްލަ ބައިގެ މިލްކުވެރިކަން ހެކިބަހުން ސާބިތުކުރަށްވާ، އެ އަލީ ދީދީ ދޮންމަނިކުގެ ހަސަން މަނިކުއަށް އެ އަމިއްލަތަން މިލްކުވީ ކަމާއި އަދި ވަގުފްބައި ހަވާލުވީކަމުގާ ނިޔާ ކުރަށްވާ، އެ، މުޅިތަނުގެ އިމާއި މިން ހިމަނާ، އެމަޖިލީހުން އަހުމަދު ގެދަރި ނައިބު މުހައްމަދު ލިޔެދީފާވާ ފަތުގެ ނަކަލެއް. (Size: 11" X 8.5") Chief Justices - Al Ghaazee Hussain Salahuddin K - Male' - H.Khabaruge huri goathi (Housing Plot) - Private Property, Deed for housing plot

Creator(s)

Provenance

Other properties

contributor -
coverage Modern History
coverage The 1920's
date 1926
format Physical Medium
language Dhivehi
language Thaana
recordNumber R00318
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives -- K.Male' -- H.Khabaruge huri goathi -- Housing Plot -- Private Property -- Thaana
title K - Male' - H.Khabaruge (Huri) Goathi - Vaguf/Amilla Goathi Fatheh
transferredRecord Yes
type Manuscript