ކ - މާލެ – މ.މެދުގެ – ވަގުފް ގޯތި(ތ.އެލާގާ ލާޖައްސާފާ) ފަތެއް

Record · http://example.org/archive/record-acc-95bc9f86-r00316

View OAIS mapping → View in graph → Edit →

1373ހ ސަފަރު 15(1953މ އޮކްޓޯބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާ އިން، 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ ކަނޑައެޅުއްވި، ސަރުކާރުގެ ވަގުފްގޯތީގެ އާ ގަވައިދުގެދަށުން، 1272ހ ޒުލްގައިދު 7(1856މ ޖުލައި 10)ގާ، ވަގުފްކުރިކަމުގެ ފަތްލިޔެދެއްވާފާވާ، އަދި 1334ހ ޖުމާދިލްއައްވަލް 29(1916މ އޭޕްރިލް 3)ގާ، އެވަގުފްގެ ޝަރުތާއި، ހަވާލުވެރިކަން ކަނޑޫދޫ އިބްރާހީމް ކަލޭފާނު އަށާއި އޭނާގެ ދަރިކޮޅަށް ލަށްވާފާވާ، މ.މެދުގެ ގޯތީގެ ބޮޑުމިން ތ.އެލާއިން ނަގާ، ލާޖައްސާ، އެ ވަގުފް އާއި ސަރުކާރު ހަވާލުވިކަމުގާ، އެ ވުޒާރާއިން ލިޔެދީފާވާ ފަތުގެ ނަކަލެއް. އަދި މިކަރުދާހުގެ ފަހު ސަފްހާގާ، ނޯޓްގެ ގޮތުގާ، 1375ހ ސަފަރު 15(1955މ އޮކްޓޯބަރު 2)ގާ ވުޒާރަތުލް ދާހިލިއްޔާއިން، ކަނޑޫދޫ އިބްރާހީމް ކަލޭފާނުގެ ދެދަރީންގެ ތެރެއިން، މެދުގޭ ތުއްތުގެ ދަރިކޮޅަށް މި މެދުގޭގޯތި އޮތްކަމާއި، އަދި، 1334ހ ޖުމާދިލްއައްވަލް 29(1916މ އޭޕްރިލް 3)ގާ، ހުސެއިން ސަލާހުއްދީނު ލިޔެދެއްވާފާވާ ފަތަކުން، ކުޑަކޮށީގާ އޮތް މިކަލޭފާނުގެ ވަގުފްގޯތި، އޭނާގެ ހުސެއިން ކަލޭފާނުންގެ ދަރިކޮޅަށް އޮތްކަން، ލިޔެފާވާ ލިޔުމެއްގެ ނަކަލެއް ވެއެ. އަދި ކަރުދާހުގެ ފަހު ސަފްހާގެ ތިރީގާ، މަހްކަމަތުލް ޝަރީއްޔާއިން، އިބްރާހީމް ރުޝްދި ސޮއި ކުރައްވާފާވާ، އެފަތުގާވާ ކަންތައްތައް ޝަރީއަތުގެ މަގުން ހިނގާ ނިމިފާވާ ކަމުގާ ލިޔެފާވާ ލިޔުމެއްގެ ނަކަލެއް ވެއެ. Size: 10" X 7.4" K - Male' - M.Medhuge (Housing Plot) - Deed for housing plot

Creator(s)

Provenance

Other properties

contributor -
coverage Modern History
coverage The 1950's
date 1953
format Physical Medium
language Dhivehi
language Thaana
recordNumber R00316
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives -- K.Male' -- M.Medhuge -- Housing Plot -- Deed for housing plot -- Thaana
title K - Male' - M.Medhuge - Vaguf Goathi (Th.Elaaga Laahsaafaa) Fatheh
transferredRecord Yes
type Manuscript