ކ - މާލެ – މ.މާފަންނުއާގެ(ބައެއް) – ވަގުފް(ބަންޑާރަ ގޯއްޗާ ލާޖައްސާފަ) ފަތެއް
Record
· http://example.org/archive/record-acc-95bc9f86-r00315
View OAIS mapping → View in graph → Edit →
1379ހ ޖުމާދިލްއާހިރު 14(1959މ ޑިސެންބަރު 15)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، މާފަންނު ލާމީގަސްދޮށުގެ ގޯތި ދައުލަތަށް ބޭނުންވެގެން، މ.މާފަންނުއާގެ ގޯތީގެ ބަންޑާރަ ބަޔާ ލާމިގަސްދޮށުގެ ލާޖައްސަންވެގެން މުޅިގޯތި ހަމަކުރަން ބެއްލެވިއިރު، މިގޯތީގެ ތެރޭގާ، ވަގުފް 4 ގޯއްޗާ، އަމިއްލަ 2 ގޯތި ވާކަމުގަޔާ، އެ ވަގުފް ގޯތި ތެރެއިން..... އެއްގޯއްޗަކީ، އަބްދުލް މަޖީދު ދީދީގެ ޖަންބުގޭގޯތީގެ ބަދަލުގާ، ބޮނޑިބަތްގޭ ކުޑަކޮއްކޯގެ ވަށްވެޔޮދޮށުގޯތި ލިބުމުން އެތަން އޭނާގެ އަނބި، ފާމްދޭރިގޭ ދޮށީތުއްތުގެ ދޮންދީދީއަށް ހިބައިން ދެއްވާފައިވާ ކަމުގާ، 1344ހ މުހައްރަމް 15(1925މ އޯގަސްޓް 5)ގާ،ފަތް ލިޔެދެއްވާފާވާ ގޯއްޗެއް ކަމާއި..... ދެވަނަ ގޯއްޗަކީ، ދަނބުގޭ ދޮންދީދީގެ މިލްކެއްގެ ގޮތުގާ އޮއްވާ އައްސުލްތާނު އިބްރާހީމް ނޫރައްދީނު އަށް ވެދުމަށް އަރުވާފާ ވަނިކޮށް، މިރަދުންގެ ވާރުތަވެރިން އަބްދުލް މަޖީދު އަށް ހިބައިން ދެއްވާ، އޭނާ، އޭނާގެ އަނބި ފާމްދޭރިގޭ ދޮންދީދިއަށް ހިބްއިން ދެއްވިކަމުގާ، 1344ހ ޖުމާދިލްއައްވަލް 3(1925މ ނޮވެންބަރު 20)ގާ، ފަތްލިޔެދެއްވާފާވާ ގޯއްޗެއް ކަމާއި..... ތިންވަނަ ގޯއްޗަކީ، އަބްދުލް މަޖީދުގެ ކާފަ، އަލްއަމީރު އަހުމަދު ދޮށިމޭނާކިލެގެފާނުގެ މިލްކުގާ އޮތް މާފަންނު ހައިރުއްލޯ ގޯތީގެ ވާރުތަވެރީން، އަބްދުލް މަޖީދު އަށް ހިބައިން ދެއްވާ، ކޮލިގޭ ހާޖީދޮންކަމަނައަށް މިލްކުވެފާ އޮތް ގޯއްޗަކާ، މިގޯތި ބަދަލުކޮށް، އަބްދުލްމަޖީދު އޭނާގެ އިހުނަންގަތް އަނބިކަނބަލުންނަށް ހިބައިން ދެއްވާ، އޭނާއަށް މިލްކުވީކަމުގާ، 1344ހ ޖުމާދިލްއައްވަލް 21(1925މ ޑިސެންބަރު 8)ގާ، ފަތްލިޔެދެއްވާފާވާ ގޯއްޗެއް ކަމާއި.... ހަތަރުވަނަ ގޯއްޗަކީ، މާފަންނު ކޮލިހިނގާ މަގާއި އިންވެގެން ދެކުނުން އޮންނަ ކޮލިގެއޭ ކިޔާ ގޯތިން، އެގޭ މޫސާ މަނިކު އަށް މިލްކުވެފާވާ ތަން، އަބްދުލް މަޖީދުގެ އަނބި، ދޮންދީދީއަށް ވިއްކެވުމުން އެގޯތި ދޮންދީދީގެ މިލްކަކަށް ވެފާވާ ކަމުގާ 1344ހ ޝައްވާލް 26(1926މ މޭ 9)ގާ، ފަތްލިޔެދެއްވާފާވާ ގޯއްޗެއް ކަމާއި..... މިހަތަރު ގޯއްޗާއި އެތަންތާގާ ވާ އިމާރާތްތައް، ވަގުފްކޮށް، ހަވާލުވެރިކަން އަބްދުލް މަޖީދު ދީދީ އާއި ދޮންދީދީގެ ދަރި އިބްރާހީމް ފަރީދު ދީދީގެ ދަރިކޮޅަށް، މިދަރިކޮޅު ނެތްނަމަ، ދޮންދީދީގެ ދަރިކޮޅަށް މަތިކުރައްވާ، 1346ހ ޖުމާދިލްއައްވަލް 19(1927މ ނޮވެންބަރު 14)ގާ، ލިޔެދެއްވާފާވާ ފަތުން ސާބިތުވުމާއި އެކު، މި މާފަންނުއާގޭ ގޯތީގެ ވަގުފްބައި، އައްނަބީލް އިބްރާހީމް ފަރީދުދީދީއަށް އޮތްކަމުގާޔާ، އެގޯތީގެ އިމާއި މިން ހިމަނާ، އެ ވުޒާރާއިން ލިޔެދެއްވި ފަތުގެ ނަކަލެއް. އަދި 5ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީއްޔާއިން، މިފަތުގާވާ ގޯތީގެ ކަންތައް، ޝަރީއަތުން ހިނގާ ނިމިފާވާ ކަމަށް ލިޔެފާވާ ލިއުމުގެ ނަކަލެއް ވެއެ. Size: 10" X 7.4" K - Male' - M.Maafannuge (Housing Plot) - Deed for housing plot, Housing plot (government)
Creator(s)
Provenance
Other properties
| contributor | - |
| coverage | Modern History |
| coverage | The 1950's |
| date | 1959 |
| format | Physical Medium |
| language | Dhivehi |
| language | Thaana |
| recordNumber | R00315 |
| rights | No known Restrictions on publication |
| source | President's Office |
| storageLocation | National Archives - Records Room Museum Building |
| subject | Maldives -- K.Male' -- M.Maafannuge -- Housing Plot -- Deed for housing plot -- government -- Thaana |
| title | K - Male' - M.Maafannuge (Baeh) - Vaguf (Bandaara Goathi Laajahsaafa) Fatheh |
| transferredRecord | Yes |
| type | Manuscript |