ކ - މާލެ – މ.ރަތްފުސްގެ – ވަގުފް ގޯތި ލިޔުމެއް(ލާޖެއްސުމުގެ)

Record · http://example.org/archive/record-acc-95bc9f86-r00314

View OAIS mapping → View in graph → Edit →

1378ހ ޖުމާދިލްއާހިރު 19(1908 ޑިސެންބަރު 30)ގާ، މަހްކަމަތުލް ޝަރީއްޔާއިން، މުހައްމަދު ޖަމީލު އުއްތަމަ ފަނޑިޔާރުގެ މަޖިލީހުގާ، ސައްޔިދު އިބްރާހީމް ވަހީދު، އޭރުގެ މުތޮއިއަތުލް ހުކޫމާ(ކުރީގެ ފަނޑިޔާރުގެ)ގެ ހުޅަނގުން އޮތް ގޯއްޗަކީ އޭނާގެ ގޯއްޗެއް ކަމުގަޔާ، ދައުލަތުން، އެތަނުގެ ބަދަލުގާ، އޭނާ އޭރު ހުރި، މ.ރަތްފުސްގެ ގޯއްޗާއި އެތާގާވާ ގެ، އޭނާޔަށް ދެއްވާފާވާ ކަމުގާ ބުނެ، އަދި، އެތާގެ ފާރު ރާނާދެއްވާނެ ކަމުގާ، ދައުލަތުން ވިދާޅުވި ކަމާއި، އަދި އެކުރެވުނު ބަދަލު، ލިއުމަކުން ނެތުމާއެކު އެކަންކަން ހަމަޖައްސާދެއްވުމަށް ހުށައެޅުމުން، އެކަން ބަށްލަވާ، 'މުތޮއިއަތުލް ހުކޫމާގެ ހުޅަނގުން އޮތް ގޯއްޗަކީ، މުހައްމަދު މުހީބުއްދީނު ގެދަރި، ފާތުމާމަނިކެގެ ގޯތިތައް ބެހިއިރު، އައްސައްޔިދު އަބްދުއްލޯ ކަޅުސީދި އަށް މިލްކުވެ، އޭނާޔަށާ، އޭނާ ނެތުމުން އޭނާގެ ދަރި، އައްސައްޔިދު އިބްރާހީމް ވަހީދުގެ ދަރިކޮޅަށް ހަވާލުވެރިކަން ދީ، ވަގުފްކޮށްފާވާ ގޯއްޗެއް ކަމުގާ 1347ހ ޒުލްގައިދު 10(1929މ އޭޕްރިލް 20)ގާ ލިޔެފާވާ ފަތުން(F3-27) ސާބިތުވެ، އަދި، ދައުލަތުން، އެބަދަލު އެގޮތަށް ދެއްވި ކަމުގާ، އައްނައިބު އައްޝެއިހު އަބްދުލް ގައްޔޫމު އާއި އައްޝެއިހު މުހައްމަދު ނަސީރު މަނިކާއި ދެމީހުންގެ ހެކިބަހުން ސާބިތުވުމުން، މ.ރަތްފުސްގެ ކިޔާ ގޯއްޗާއި އެތާގާވާ ގެ، އެއީ އެ އިބްރާހީމް ވަހީދުއަށް މިލްކުވެފާވާ ތަނެއްކަމުގާ ލިޔުމެއް ދެއްވުމަށާ، އަދި، ވަގުފް ގޯތީގެ އިހުފަތުގާ އޮތް ވަރަށް، އެތަނުގެ މިން ހަމަކޮށް، އެގޯތީގެ ވަގުފް ފަތް ލިޔެދެއްވުމަށް، ވުޒާރަތުލް އައުގާފުގާ ދެއްނެވުމަށް ހުކުމްކުރި ކަމުގެ ލިޔުމެއްގެ ނަކަލެއް. '(Size: 10" X 7.4") Chief Justices - Al Ghaazee Mohamed J K.Male K - Male' - M.Raiyfusge (Housing Plot) - Writing (Endowed housing plot)

Creator(s)

Provenance

Other properties

contributor -
coverage Modern History
coverage The 1900's
date 1908
format Physical Medium
language Dhivehi
language Thaana
recordNumber R00314
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives -- K.Male' -- M.Raiyfusge -- Housing Plot -- Writing -- Endowed housing plot -- Thaana
title K - Male' - M.Raiyfusge - Vaguf Goathi Liyumeh (Laajehsumuge)
transferredRecord Yes
type Manuscript