ކ - މާލެ – މ.ސައްޔިދު އަބްދުއްލޯ ކަޅުސީދީގެ ގޯތި – ވަގުފް ގޯތި ފަތެއް

Record · http://example.org/archive/record-acc-95bc9f86-r00313

View OAIS mapping → View in graph → Edit →

1346ހ ޒުލްގައިދު 10(1928މ މޭ 1)ގާ، މަހްކަމަތުލް ޝަރީއްޔާގެ، ހުސެއިން ސަލާހުއްދީނުގެ ޝަރީއަތު މަޖިލީހުގަ، އަލްގާޒީ އިސްމާއީލް ބަހާއުއްދީނު ގެދަރި ސައްޔިދު އަބްދުއްލޯ ކަޅުސީދީ، އޭނާގެ މަންމަ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު ގެދަރި ފާތުމާފާނުގެ މިލްކުގާހުރި ގޯތިތައް ބަހައިގެން އޭނާއަށް ލިބުނު މާފަންނު ފަނޑިޔާރުގެއާ އިންވެގެން ހުޅަނގުން އޮތް ގޯތި ވަގުފްކޮށް، ހަވާލުވެރިކަން އޭނާއަށާ، އޭނާ ނެތުމުން އޭނާގެ ދަރި ސައްޔިދު އިބްރާހީމް ވަހީދުގެ ދަރިކޮޅަށް ލަށްވާފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެގޯޗަށް، 1303ހ(1886މ)ގާ، އިސްމާއީލް ބަހާއުއްދީނު ލިޔެދެއްވާފާވާ ފަތް، 1329ހ(1922މ)ގާ، އަލްހަތީބު ހުސެއިން އާއި އައްނައިބު ހުސެއިން ސަލާހުއްދީނު އާކޮށްދެއްވާފާވާ ފަތުން، އެ މިލްކުވެރިކަމާއި، އެތާގެ އިމާއި މިން ސާބިތުވެ، އެ ވަގުފް ސައްހަކަމުގާ ނިޔާކުރައްވާ، އެ ޝަރީއަތުގެ މަޖިލީހުން، ނައިބު މުހައްމަދު ލިޔެފާވާ ފަތުގެ ނަކަލެއް. (Size: 10" X 7.4") Chief Justices - Al Naaibu Hussain Salahuddin K - Male' - M.Sayyodhu Abdullah Kalhu Seedheege Goathi (Housing Plot) - Deed for housing plot

Creator(s)

Provenance

Other properties

contributor -
coverage Modern History
coverage The 1920's
date 1928
format Physical Medium
language Dhivehi
language Thaana
recordNumber R00313
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives -- K.Male' -- M.Sayyodhu Abdullah Kalhu Seedheege Goathi -- Housing Plot -- Deed for housing plot -- Thaana
title K - Male' - M.Sayyodhu Abdullah Kalhu Seedheege Goathi - Vaguf Goathi Fatheh
transferredRecord Yes
type Manuscript