މާލެ – މ.ފޮނިހެލެނބެލިގެ – 1.ވަގުފް ގޯތި 2.މިލްކު(ތަކެތި) ފަތެއް

Record · http://example.org/archive/record-acc-95bc9f86-r00303

View OAIS mapping → View in graph → Edit →

މިކަރުދާހުގާ 2 ފަތް ވެއެ. 1- 1258ހ މުހައްރަމް(1842މ ފެބްރުވަރީ)ގާ، އަލްގާޒީ މޫސާ ނަޖުމުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ މަޖިލީހަށް، ފެންނާ ކޮއެ އާއި ގަނޑުވަރު އަލީކޮއި އާއި ދެމީހުން އައިސް، 1206ހ ރަބީލްއާހިރު 2(1791މ ނޮވެންބަރު 28)ގާ މާލެއަތޮޅު ގުރައިދޫ ފާތުމާބިބީ، އޭނާގެ މިލްކެއްކަމުގާވާ މާފަންނު، ތޮއްޑޫ ދޮންކަލޭގެ ގޯއްޗާއި އިންވެގެން ހުޅަގުން އޮތް ގޯތި އާއި، އެގޯތީގާ ހުރި ރުކާއި، ދެވަޅާއި، ބަނބުކެޔޮގަހަކާއި، އަދި ގޯތީގާ ހުރި އެންމެހާ ތަކެއެއްޗާއި، އަދި އޭނާގެ މިލްކުވެރިކަމުގާ، ގުރައިދޫގާ ހުރި ރުއްގަހާ، މިހުރިހާ ތަކެއްޗެއް، އޭނާ މަރުވާންދެން އޭނާ ބެލުމަށް ހަރަދުކުރުމަށާއި، ކޮންމެ ރަބީލްއައްވަލް މަހަކު، ރަސޫލުއްލޯހިގެފާނަށް ސޮލަވާތް ކިޔެވުމަށް، އެގޯތި ވަގުފް ކޮށް އެތާގެ ހަވާލުވެރިކަން، މަންނާރީ ދޭވާނި މޫސާކަލޭގެއަށް މަތިކުރިކޮށްފި ކަމާއި، އެކަމުގެ މައްޗަށް ފަތެއްލިޔެދެއްވުމަށް އެ މޫސާ ކަލޭގެ އެދޭ ކަމުގާ ބުނުމުން، އެކަން ބަށްލަވާ ސާބިތުކޮށް، އެ މަޖިލީހުން ލިޔެދެއްވި ފަތުގެ ނަކަލެއް. (F3-23)އާއި ގުޅޭ. 2- މި ނަކަލުގެ ތިރީގާ، އައްސުލްތާނު ހަސަން ނޫރައްދީނުގެ ރަސްކަމުގެ ޝަރީއަތު މަޖިލީހުގާ، މަންނާއި؟(ރި؟) ދޭވާނި މޫސާކަލޭގެ، އޭނާ، މިނާ ފާތުމާބީގެ ގޯތި ބަހާފާ ހުރި ބަނބުކެޔޮ ގަހެއް، އެތަނުގެ ބެހެނިވެރިންނަށް، 8ކޮއްޓޭ ބޮލި ދީ ގަތްފިކަމާއި، އަދި ބާރަބައިންބަޔަށް(އިހުޒަމާނުގައި މުދާބެހުމުގައި ނައިބުން ނަށްނަގައި އުޅުނުބައ – 12/1)ވީ ރުކަށްވެސް އޭނާ އަގު ދެއްކި ކަމުގާ ބުނެ، އޭނާޔަށް އެ ރުކާއި ބަނބުކެޔޮގަސް މިލްކުވީ ކަމުގެ، ފަތަކަށް އެދުމުން، އެކަން ބަށްލަވާ، ސާބިތުކުރަށްވާ، އެމަގަށް، ލިޔެދެއްވި ފަތުގެ ނަކަލެއް. (2. Size: 8.8" X 6.7") 2.Chief Justices - Al Ghaazee Moosa Najmuddin K.Male' - M.Fonihelen'belige (Housing Plot) - 1.Private Property, 2.Deed for housing plot

Creator(s)

Provenance

Other properties

contributor -
coverage Modern History
coverage The 1840's
date 1842
format Physical Medium
language Dhivehi
language Thaana
recordNumber R00303
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives -- K.Male' --M.Fonihelen'belige -- Housing Plot -- Private Property -- Deed for housing plot -- Thaana
title Male' - M.Fonihelen'belige - 1.Vaguf Goathi 2. Milku (Thakethi) Fatheh
transferredRecord Yes
type Manuscript