ތ - ދިޔަމިގިލި – އައްސުލްތާނު މުހައްމަދު އިމާދުއްދީނުގެ އާއިލާގެ މިސްކިތް އަދި ޒިޔާރަތް – ބޯގަ(މިސްކތް، ޒިޔާރަތް) ފަތެއް

Record · http://example.org/archive/record-acc-95bc9f86-r00138

View OAIS mapping → View in graph → Edit →

1164ހ ޒުލްގައިދު 12(1751މ އޮކްޓޯބަރު 2)ގާ، އައްސުލްތާނު މުހައްމަދު އިމާދުއްދީނު 3ގެ ރަސްކަމުގެ 3ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، ކޮޅުމަޑުލު(ތ.) ދިޔަމިގިލީ މީހުން، އެރަށުގާ ހުރި އެރަދުންގެ އާއިލާގެ ޒިޔާރަތާއި، މިސްކިތަށް ބޯގައެއް ދެއްވުމަށް އެދުމުން، ފަހަލަ ކިޔާ ރަށާއި، އެރަށުގެ ފަޅާއި، މަސްބަޔަކާއި، ވާރު މަހާއި، ވާރު ކާއްޓާއި، އަދި ދިޔަމިގިލި ފާލަށްބަ އާއި އޭގާވާހާ ތަކެއްޗެއް، ގަނޑުވަރަށާއި އެ މިސްކިތަށް ބެހުމަށާއި، އެ މިސްކިތުގެ މުދިމަށް ލުންގިފަށްޓަރު ހުއްދަވާނެކަމާއި، އެހެން ރަށެއްގާ އޮންނަ މަޖިލީހަކަށް ދާން، ދިޔަމިގިލީ މީހަކަށް ކިޔައިފި ނަމަ، އެމަޖިލިސް ފަށާނީ އެމީހަކު ކަމާއި، އެހެންރަށެއްގެ މީހަކު އެރަށައް އައިސް، އެރަށު މީހެއް ގައިގާ ޖަހައިފި ނަމަ، އެމީހަކު ދުރޯ(ޖޫރިމަނާ)ވާނެ ކަމާއި، ގަނޑުވަރުގެ ރުކުފާލަށްބައާއި، ދަނޑިމަސް އޮންނާނީ ގަނޑުވަރަށް ކަމާއި، ފަހަލައިގެ ފަޅުން އެމިސްކިތައް މިލްކުވާނީ، ކަޅުފަރޭއަހަރެ ކިޔާ ހިސާބުން ކުޑަކޮރާއި ހަމަޔަށް ކަމާއި، ދިޔަމިގިލީ މީހަކު ކޮންމެރަށެއްގެ މީހަކާ އިނދެގެން ދަރިއަކު ލިބި އެރަށެއްގައި ބޮޑުވިނަމަވެސް، ދިޔަމިގިލި މީހަކަށްވާ ވާރުގެ ½ މިކުއްޖާއަށްވެސް ވާނެކަމާއި، ދިޔަމިގިލީ މީހުން އެ އަތޮޅު ކޮންމެ ފަޅަކުން އެން ހިފިޔަސް، ރާއްޖޭގެ ކޮންމެ ތަނެއްގާ އުޅުނަސް އެމީހުންނަށް އަނިޔާ ނުކުރުމަށާއި، މިކަންކަމުގެ އަމުރުނެއްވުމުން، އަލްހާއްޖަ މުހައްމަދު ހަނދޭގިރި ކިއުމުން، އުމަރު ގަދަހަމާދި ލިޔެދީފާވާ ފަތުގެ، 1340ހ ޝައުބާން 11(1922މ އޭޕްރިލް 9)ގާ ތަރުޖަމާކޮށް، 1378ހ ޒުލްހައްޖު 19(1959މ ޖޫނު 26)ގާ، ހުސެއިން ފަހުމީ ސައްހަކޮށްފާވާ، ތާނަ ތަރުޖަމާއެއް. މިއީ، (F0-97)ގެ ނަކަލެއް. Size: 13" X 8" Th.Dhiyamin'gili - Mohamed Imaduddinge Miskiiy (Mosque), Shrine built by Mohamed Imaduddin - Endowment for Shrine (ziyaaraiy)

Creator(s)

Provenance

Other properties

contributor By Sultan Mohamed Imaduddin 3
coverage Modern History
coverage The 1750's
date 1751
format Physical Medium
language Dhivehi
language Thaana
recordNumber R00138
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives -- Th.Dhiyamin'gili -- Mohamed Imaduddinge Miskiiy -- Mosque -- Shrine -- Mohamed Imaduddin -- Endowment for Shrine -- Ziyaaraiy -- Thaana
title Th - Dhiyamigili - Al Sulthan Muhammadhu Imaadhudhhinge Aailaage Miskiiy Adhi Ziyaaraiiy - Boaga (Miskiiy,Ziyaaraiiy) Fatheh
transferredRecord Yes
type Manuscript