ކ - މާލެ – ކަކާގެ – ވަގުފް(ގޯތި) ފަތެއް

Record · http://example.org/archive/record-acc-95bc9f86-r00128

View OAIS mapping → View in graph → Edit →

1148ހރަބީލްއައްވަލް(1735މ އޯގަސްޓް)ގާ، އައްސުލްތާނު އިބްރާހީމް އިސްކަންދަރު 2ގެ 15ވަނަ އަހަރު، މިރަދުންގެ މަންމަ ބޮޑުމަނިކުފާނާއި، އެ ކަނބަލުންގެ ހުރިހާ ދަރިން، އެ ކަނބަލުންގެ މާމަ، ކަނބާ މަރިޔަމް ރަނިކިލަގެ، މާލޭގެ ގަލޮޅު އާމިސްކިތުގެ ދެކުނު ފާރާ އިންވެ އޮތް، ދޭވާނީ އަލީގެ އަންހެން ދަރީގެ އަތުން ގަނެ، އެގޯއްޗާ، އެތާގަ ވާހާ ތަކެއްޗެއް، ފެންފުށީ ހަސަން ހަތީބުގެ ދަރި އައިޝާބީއަށް ހަވާލުވެރިކަން ލަށްވާ ވަގުފްކޮށްފާވާ ގޯތީގެ ވަގުފްގެ ހަވާލުވެރިކަން، އަހަރުން އަހަރަށް، އެކަނބާފާނާއި، އޭނަގެ މަންމަގެ ފާތިހާދުވަހު، ޔާސީން ކިޔަވާ، ކޮންމެ ހުކުރުވިއްލޭރެއަކު ފާތިހާފަރިއްކޮޅު ކިޔެވުމަށް ޝަރުތުކޮށް، އެ އައިސާބީގެ ދަރި ދޮންއަލީ އާއި، އޭނަގެ ދަރިކޮޅަށް ލަށްވާފި ކަމުގާ އިގުރާރުވެ، އެކަމުގެ މައްޗަށް ފަތްލިއުމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ލިޔެފާވާ ދިވެސްއަކުރު ފަތުގެ، 1378ހ ޝައުބާން 12(1959 ފެބްރުވަރީ 20)ގާ، ހުސެއިން ފަހުމީ ކޮށްފާވާ ތާނަ ތަރުޖަމާއެއް. Size: 23.8" X 8" F0-113 ( K.Male' - Kakaage (Housing Plot) - Deed for housing plot - Thaana - 1 Page

Creator(s)

Provenance

Other properties

contributor By Sultan Ibrahim Iskandar
coverage Early Modern History
coverage The 1730's
date 1735
format Physical Medium
language Dhivehi
language Thaana
recordNumber R00128
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives -- K.Male' -- Kakaage -- Housing Plot -- Deed for housing plot -- Thaana
title K - Male' - Kakaage - Vaguf (Goathi) Fatheh
transferredRecord Yes
type Manuscript