ތ - ދިޔަމިގިލި – ދިޔަމިގިލި މިސްކިތް – ބޯގަ(މިސްކިތް) ފަތެއް
Record
· http://example.org/archive/record-acc-95bc9f86-r00106
View OAIS mapping → View in graph → Edit →
1193ހ ޝައްވާލް(1779މ އޮކްޓޯބަރު)ގާ، އައްސުލްތާނު ހަސަން ނޫރައްދީނުގެ ރަސްކަމުގެ ފުރަތަމަ އަހަރު، އެރަދުންގެ ދަރުބާރުގާ، ކޮޅުމަޑުލު ދިޔަމިގިލި މީހުން، އެމީހުންގެ ރަށު މިސްކިތަށް ބޯގައެއް ލަށްވާދެއްވުމަށް އެދުމުން، ފަހަލަ؟ ކިޔާ ރަށާ އެރަށުގެ ފަޅާ، (މ/ލ؟)މެދަފުއްށި އާއި އަދި ދިއަމިގިލިފަޅަށް، މަސްބާނައިގެން ވަތް ކޮންމެ ރަށެއްގެ އޮޑިއެއް ނަމަވެސް، އެ އޮޑިއަކުން މަސްބައަކާ، ވާރު މަހާ، ވާރުކާށްޓާއި، އަދި ދިޔަމިގިލި ފާލަށްބަ އަށް ވީހާ ތަކެއްޗަކުން، އެގަނޑުވަރަށާއި އެ މިސްކިތަށް ބައިއެޅުމަށާއި، އެ މިސްކިތުގެ މުދިމަށް ލުންގިފަށްޓަރު( މިއީ އިހުގައި ގަނޑުވަރު ތެރޭގެ ފިރިހެން ބޭފުޅުން އަނދެ ވަޑައިގަންނަވާ އެއްޗެއް)ހުއްދަވާނެ ކަމާއި، އެހެން ރަށެއްގާ އޮންނަ މަޖިލީހަކަށް ދާން، ދިޔަމިގިލީ މީހަކަށް ކިޔައިފި ނަމަ، އެމީހަކާ ނުލާ އެމަޖިލީހެއް ނުފެއްޓޭނެ ކަމާއި، އެހެންރަށެއްގެ މީހަކު އެރަށައް އައިސް، އެރަށު މީހެއް ގައިގާ ޖަހައިފި ނަމަ، އެމީހަކު ސަލާމަތުން ނުދާނެ ކަމާއި، ގަނޑުވަރުގެ ރުކުފާލަށްބައާއި، ދަނޑިމަސް(މަސްދޯނިފަހަރު ވަކިވަރަކަށް މަސްބާނައިގެން އައިމާ އެބޭނިމަހުން ގަނޑުވަރުތެރެއަށް ގެންދާމަސް) އޮންނާނީ ގަނޑުވަރަށް ކަމާއި، ފަހަލައިގެ ފަޅުން އެމިސްކިތައް މިލްކުވާނީ، ކަޅުފަރޭއަހަރެ ކިޔާ ހިސާބުން ކުޑަކޯރާ ހަމަޔަށް ކަމާއި، ދިޔަމިގިލި މީހަކު ކޮންމެރަށެއްގެ މީހަކާ އިނދެ، ލިބޭ ދަރިޔަކުވެސް ވާނީ ދިޔަމިގިލި ރައްޔިތެއްކަމަށާއި، ދިޔަމިގިލި މީހުން ކޮންމެ ފަޅަކުން އެން ހިފިޔަސް، ރާއްޖޭގެ ކޮންމެ ތަނެއްގާ އުޅުނަސް އެމީހުންނަށް އަނިޔާ ނުކުރުމަށާއި، މިކަންކަމަށް އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އަލްހާޒިން އަހުމަދު ހަނދޭގިރިން ކިއުމުން، އުމަރު މާފަތްގެ ދަރި ހަސަން ލިޔެފާވާ ފަތެއް. Size: 17.5" X 15.8" Th.Dhiyamin'gili - Dhiyamigili Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Creator(s)
Provenance
Other properties
| contributor | By Sultan Hassan Nooraddin |
| coverage | Modern History |
| coverage | The 1790's |
| date | 1799 |
| format | Physical Medium |
| language | Dhivehi |
| language | Thaana |
| recordNumber | R00106 |
| rights | No known Restrictions on publication |
| source | President's Office |
| storageLocation | National Archives - Records Room Museum Building |
| subject | Maldives -- Th.Dhiyamin'gili -- Dhiyamigili Miskiiy -- Mosque -- Endowment for Shrine -- ziyaaraiy -- Thaana |
| title | Th - Dhiyamigili - Dhiyamigili Miskiiy - Boaga (Miskiiy) Fatheh |
| transferredRecord | Yes |
| type | Manuscript |