ބ - ދަރަވަންދޫ – މިރިއަބޭކަނބުލޯ ހެދި މިސްކިތް – ބޯގަ(މިސްކިތް) ފަތެއް

Record · http://example.org/archive/record-acc-95bc9f86-r00104

View OAIS mapping → View in graph → Edit →

1207ހ(1793މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނުގެ 15ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، މާޅޮސްމަޑުލު ދަރަވަންދޫ މީހުން، އެމީހުންގެ ރަށުގާ މިރިއަބޭކަނބުލޯ ކިޔާ މީހަކު އިމާރާތްކުރި މިސްކިތަށް، ކުރީގެ ރަސްކަލުން ބޯގައަށް ދެއްވި ފަތް އަނދައިގެން އޭގެ ފަހުން ދެއްވި ފަތް މަލާބާރީން ހަލާކުކޮށްލައިފި ކަމުގާ ބުނެ، އާފަތެއް ލިޔެދެއްވުމަށް އެދުމުން، އެ މިސްކިތުގެ ބޯގައަށްވީ ދަރަވަންދު ގޮއިފާލައްބައިގެ ½ އާ، އެރަށު ބައިބާރު؟؟(ރޯނު ބައި؟..ރޯނުން ނަގާ ޓެކްސް)ރޯނާ، ގޮއިމަހުގެ(ސަރުކާރަށް ނަގާ މަސް) ½އާ، ދެމީހުންގެ ރަލާ، އެރަށުގެ ކުޑަހިންނަ، އަލަދަނޑު، ބޮޑުމަގުދަނޑު، އަލަދަނޑު ދެކުނުން އޮތް ދަނޑު އަދޮ އެރަށުގެ ދެކުނުގައި އޮތް ދަނޑާ، ރަސްކާރުދައިން؟؟ ½އާ، މިއެއްޗެތިން ލިބޭ އެއްޗެއްގެ އުޖޫރަ، އެމިސްކިތުގެ ބޯގަޔަށް ލަށްވާ، އެކަމުގެ ހަވާލުވެރިކަން ދަރަވަންދޫ އެންމެހާ ރައްޔިތުންނަށް ދެއްވައިފި ކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އަލްހާޒިން މުހައްމަދު ހަނދޭގިރި ކިޔުމުން، ފަތްލިޔާ އަލީ ދިވެސްއަކުރުން ލިޔެފާވާ ފަތުގެ(F0-95)ގެ، 1378ހ ޒުލްގައިދު 9(1959 މޭ 18)ގާ، ހުސެއިން ފަހުމީ ކޮށްފާވާ ތާނަ ތަރުޖަމާއެއް.Size: 12.9" X 7.9" B.Dharavandhoo - Mosque built by Miriyabeykan'bulo - Endowment for Shrine (ziyaaraiy)

Creator(s)

Provenance

Other properties

contributor By Sultan Hassan Nooraddin
coverage Modern History
coverage The 1790's
date 1792
format Physical Medium
language Dhivehi
language Thaana
recordNumber R00104
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives -- B.Dharavandhoo -- Mosque -- Miriyabeykan'bulo -- Endowment for Shrine -- ziyaaraiy -- Thaana
title B - Dharavandhoo - Miriyabeykan'bulo Hedhi Miskiiy - Boaga (Miskiiy) Fatheh
transferredRecord Yes
type Manuscript