ކ - ހުރާ – ހުރާ މިސްކިތް – 1.ނަދުރު 2.އިއުލާނު 3.ބޯގަ،ވަގުފް 4.އަމުރު (ލޯ)ފަތެއް

Record · http://example.org/archive/record-acc-95bc9f86-r00050

View OAIS mapping → View in graph → Edit →

މި ކރުދާހުގާ 4 ފަތް ވެއެ، އެއީ. 1. 1174ހ(1761މ)ގައި، އައްސުލްތާނު ހަސަން އިއްޒުއްދީނު(ދޮންބަނޑާރައިން)، ރާއްޖެ ކާފަރުންއަތުން(މަލަބާރީން) ސަލާމަތްވެއްޖެއްޔާ، ކޮންމެ އަހަރަކު މަދީނާ ޒިޔާރަތަށް 300ރިޔާލަ ދެއްވާށާއި، ހުރާގާ މިސްކިތެއް އަޅުއްވާ އަދި ކޮންމެ އަހަރަކު ހުރާގާ ވަގުފް މާލޫދެއް ކިޔުއްވަން، މާލޭ މެދުމިސްކިތުގާ ހުންނަވާ ނަދުރެއް ވިދާޅުވިކަމާއި، އެރޭ ކާފަރުން އަތުން ރާއްޖަ ސަލާމަތް ވީކަމަށް ބުނެ ލިޔެފާވާ ލޯފަތުގެ ނަކަލެއް. 2. 1174ހ ރަޖަބް 11(1761މ ފެބްރުވަރީ 17)ގައި، އައްސުލްތާނު ހަސަން އިއްޒުއްދީނު އިސްކަންދަރު(ދޮންބަނޑާރައިން) ވިދާޅުވި ނަދުރު ފުއްދެވުމަށް، ހުރާގާ މިސްކިތެއް އަޅުއްވާ، މިސްކިތަށް ބޯގައެއްލަށްވާ، އެމިސްކިތް އެރަށު ރައްޔިތުންނަށް ހަވާލުކުރެއްވިކަމުގާ ބަޔާންކޮށްފާވާ ލޯފަތުގެ ނަކަލެއް. 3. 1174ހ ރަޖަބް 11(1761މ ފެބްރުވަރީ 17)ގާ، އައްސުލްތާނު ހަސަން އިއްޒުއްދީނު އިސްކަންދަރު(ދޮންބަނޑާރައިން)، އެރަދުން ހުރާގާ އެޅުއްވި މިސްކިތުގ ބޯގަޔަށް، ހުރާގެ އެއްކޮޅުގާ އޮތް ފިނޮޅާއި(ކުޑަހުރާ)، ވަށްބޯހުރާ، ކަނުއޮތްހުރާ އަދި ހުރާގެ ފާލަށްބަ، އެ މިސްކިތަށް ލަށްވާ، އެ ބޯގަ ވަގުފްކުރަށްވާ، އެކަމުގެ ހަވާލުވެރިކަން ހުރާގެ ރައްޔިތުންނަށް ލަށްވާފިކަމުގާ ލިޔެފާވާ ލޯފަތުގެ ނަކަލެއް. (އަނެއްސަފްހާގާވެސް) މަތީގާވާ 3ފަތަކީ، ހުރާ މިސްކިތުން، 1335ހ ޒުލްހައްޖު 9(1915މ އޮކްޓޯބަރު 18)ގާ ފެނުނު ލޯ ތިން ފަތުގެ ނަކަލު ކަމުގާ، ޝުރުހީކުރެވިފާވެއެ. އަދި މިކަރުދާހުގެ ތިރީގާ، ހުރާމިސްކިތް ރޫޅިއިރު ބެރިއެއްގެ ދަށުން ފެނުނު ލޯ ފަތެއް ކަމުގާ ޝުރުހީކޮށް: 4. 1174ހ ރަޖަބް(1761މ ފެބްރުވަރީ)ގާ، އައްސުލްތާނު ހަސަން އިއްޒުއްދީނު އިސްކަންދަރު(ދޮންބަނޑާރައިން)، ހުރާގާ މިސްކިތެއް އެޅުއްވި ކަމާއި، އޭނާގެ ރަށު(ހުރާ)ގާ، 'ވާރުކޮޑި'(ވާރު ނުދެއްކުން ކަމުގާ ބެލެވޭ) ހުންނަންޖެހޭނެ ކަމާއި، އަދި ސަރުކާރުން މީހަކު އެރަށަށް އަރައިގެން ނުވާނެ ކަމާއި، އެމިސްކިތް ބެލެހެއްޓުމަށް، ކޮންމެ މަހަކު، އެރަށުން ދެމީހުން ތިބެންޖެހޭނެ ކަމުގާ އަންގަވާފާވާ ލޯފަތުގެ ނަކެލެއް Size: 11.6" X 8.2" K.Huraa - Loamaafaanu)

Creator(s)

Provenance

Other properties

contributor By Sultan Hassan Izzuddin
coverage Modern History
coverage The 1760's
date 1761
format Physical Medium
language Dhivehi
language Thaana
recordNumber R00050
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives -- K.Huraa -- Loamaafaanu -- Thaana
title K - Huraa - Huraa Miskiiy - 1.Nadhuru 2.Iulaanu 3.Boaga, Vaguf 4.Amuru (Loa) Fatheh
transferredRecord Yes
type Manuscript