އދ – މަހިބަދޫ – ތުއްކަމަނާ ޒިޔާރަތް – ވަގުފް(ޒިޔާރަތް) ފަތެއް

Record · http://example.org/archive/record-acc-95bc9f86-r00039

View OAIS mapping → View in graph → Edit →

1071ހ(1661މ)ގާ، ސުވަސްތިސިރީ މަތަމަހާ ސިރީ ކުލަރަންމީބަ ކައްތިރި ބޮވަނަ މަހާރަދުން(އައްސުލްތާނު އިބްރާހީމް އިސްކަންދަރު 1)ގެ ރަސްކަމުގެ 13ވަނަ އަހަރު، އަލްގާޒީ އިބްރާހީމް ފާށަނާކިލެގެފާނު(އައްސުލްތާނު އިބްރާހީމް 3 ކަލާފާނު)ގެ ޒިޔާރަތު(ކަލާފާނު ޒިޔާރަތް)ގެ ކިޔެވެނީން، އެރަދުންގެ ދަރުބާރުގާ، އެމީހުންގެ ވެރިއަކަށް ހުރި އަލްވަޒީރު ހުސެއިން ރަންނަބަނޑޭރި، ތުއްކަމަނާއަށް ދަރުމަކޮށް، ކަލާފާނު ޒިޔާރަތަށް ކޮށްފާވާ ވަގުފް އަތުލައިގަނެގެން އުޅޭކަމުގާ ބުނެ، އެވަގުފްގެ އިހުފަތުގާވާ މަގަށް އެކަން ހަމަޖަށްސާދެއްވުމަށް އެދުމުން، އެކަން ބަށްލަވާ، އެތުއްކަމަނާ ނިޔާވިއިރު އޭނާގެ ފިރިއަކަށް ހުރި ފަރަށްޓެ ވެލާވަޅުނަ ތަކުރު އާއި އޭނާއަށް، އެތުއްކަމަނާއަށް ލިބުނު ތުއްކަލާ، އެކަމަނާއަށް ދަރުމަކޮށް ވަގުފްކޮށްފާ ވަނީ، ހަނިމާދޫ ނޫރައްދީނު ފަނޑިޔާރުގެ ދަރިން އަތުން އެކަމަނާ ގަނެފާވާ، މިލަދުންމަޑުލު (ނ.)މަނަދޫގާ އޮތް ހިންނައާއި، ކޮޅުމަޑުލު (ތ.)މާލިފުށި، އަރިއަތޮޅު(އދ.)މަންދޫގާ އޮތް އޭނާގެ ބެއި (ދެބެންގެދެދަރި)ކަލާފާނު ދެއްވާފާވާ، ކޮންމެ ބިތަކު 30ބަމަ ހުރި ބިމަކާ، އެބިމުގާ ހުރި ގޮއިދޫ ހުސެއިން އިންދާފާވާ ރުކާއި، (ފ.)ނިލަންދޫ މާޑުއް؟ އަތުން އެކަމަނާގެ ދެމަފިރިން ގަތް އަރިއަތޮޅު އެމްބުޅަލަފުށި؟(ބުޅާޅޮހި؟) ކިޔާ ރަށާއި، އެރަށުގާ ވީހާ ތަކެއްޗަކާ، އެކަމަނާ ރުއްއިންދަވާފާވާ އަރިއަތޮޅު(އދ.)ހިޔަފުށި އާއި، ތިލަދުންމަތިން އޭނާ، ކޮށަރިބެޔާގެ ދަރިންއަތުން ގަތް ބޮޑުހިންނައާއި، ކޮންމެއަހަރަކު އޭނާގެ އަހަރުމަތި ދުވަހު 8ފަހަރު ޔާސީން ސޫރަތް ކިޔަވާ، އޭނާގެ ޒިޔާރަތް އިމާރާތް ކޮށް، އަހަރުމަތި ފާތިހާ ކިޔަވާ، އެއެންމެހާ ކަންކަން ކުޅައުމަށް، ވަގުފްކޮށް، އެވަގުފްގެ ހަވާލުވެރިން ކަން، އޭނާގެ ބެއި، ކަލާފާނުގެ ޒިޔާރަތުގެ ކިޔެވެނިންނަށް މަތިކުރަށްވާފާވާ ކަމުގާޔާ، އެއެންމެހާ ކަންކަން އޮންނަންވާނީ އެގޮތަށް ކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އައްނައިބު އަބޫބަކުރު ލިޔެފާވާ ފަތުގެ(F0-36) ތާނަ ތަރުޖަމާ. މި ތަރުޖަމާގެ ސުރިހީއެއްގެ ގޮތުގާ، 'ގާޒީ އިބްރާހީމް ފާށަނާ ކިލެގެފާނުގެ ޒިޔާރަތް ބެހެއްޓުމަށް ވަގުފް ކުރި ތަކެތީގެ ފަތުގެ ތަރުޖަމާ' މިހެން ލިޔެފާވިޔަސް، މައިގަނޑުގ ލިޔެފާވަނީ، ތުއްކަމަނާ ޒިޔާރަތެ. Size: 9.9" X 7.8" ADh.Mahibadhoo - Thuhkamanaa (ziyaaraiy)

Creator(s)

Provenance

Other properties

contributor -
coverage -
date -
format Physical Medium
language Dhivehi
language Thaana
recordNumber R00039
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives -- ADh.Mahibadhoo -- Thuhkamanaa -- ziyaaraiy -- Thaana
title Adh - Mahibadhoo -Thuhkamanaa Ziyaaraaiy - Vaguf (Ziyaaraaiy) fatheh
transferredRecord Yes
type Manuscript