ކ - މާލެ – ގ.އިރުޖެހި ގޯތި – އަމިއްލަ(ގޯތި) ފަތެއް

Record · http://example.org/archive/record-acc-95bc9f86-r00017

View OAIS mapping → View in graph → Edit →

1208ހ ރަބީލްއާހިރު 15(1793މ ނޮވެންބަރު 19)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރު، އަލްހާޒިން މުހައްމަދު ހަނދޭގިރިން ނާއި، މުހައްމަދު މާބަނޑޭރި އާއި، މާކޮށާރު ބަނޑޭރި މުހައްމަދު އާއި، ބަނޑޭރި އަލީ މޭނާއި، ބަނޑޭރި އަލީ ސައިފުއްލާ އާއި، ތޮއްޑޫ އިބްރާހީމް އާއި އަދި މުހައްމަދު ރަންފަޑިއަތް، މި މީސްމީހުން އެކުލެވޭ ކޮމިޓީއެއް ހައްދަވާ، މާލޭގެ ހަތަރު އަވަށުގާ ހުރި ބަންޑާރަ ގޯއްޗާއި އަދި މީސްމީހުންގެ މިލްކު ގޯތިތަށް ވަކިކޮށް އިނގޭނޭގޮތް ހެދުމަށް އެންގެވި އެންގެވުމުގެ ދަށުން، ގަލޮޅު މައިދާނުގެ އިރުން އޮތް ގޯތީގެ ކަންތައް ބަލުމަށް، މުސްކުޅި ހާޖީއާއި އެއްބަނޑު ހުސެއިންގެ ދަރިން މި ކޮމިޓީއަށް ހާޒިރު ކުރުމުން، އެކަން ބެއްލެވުމަށް އެއިރުތިބި ދުވަސްވީ މީހުން ގެންގޮސް، އެމީހުންގެ ބަހުގެ މައްޗަށް، އެގޯތި އެއީ އެ ހުސެއިންގެ ދަރިންނަށް މިލްކުވެއޮތް ގޯއްޗެއް ކަމުގާ ނިޔާކުރަށްވާ، އެމަޖިލީހުން ލިޔެފާވާ ފަތެއް. އަދި މިފަތުގެ ނުފުށުގާ: 1959މ ނޮވެންބަރު 10(1379ހ ޖުމާދިލްއައްވަލް 9)ގާ، ވުޒާރަތުލް ދާހިލިއްޔާއިން މަތީގާވާ ގޯތި، ތ.އެލާއިން ނަގާ، އަލުން ލިޔެފާވާ ކަމުގާ، ބުނެފާވާ ލިޔުމެއް. Size:12" X 8 K.Male' - order"

Creator(s)

Provenance

Other properties

contributor By Sultan Hassan Nooraddin
coverage Modern History
coverage The 1790's
date 1794
format Physical Medium
language Dhivehi
language Thaana
recordNumber R00017
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives -- K.Male' -- order -- Thaana
title K - Male' - G.Irujehi Goathi - Amilla (Goathi) Fatheh
transferredRecord Yes
type Manuscript