މ – މުލި – ރަށު މިސްކިތް – އަމުރު(ޝަރީޔަތް)ފަތެއް
Record
· http://example.org/archive/record-acc-95bc9f86-r00957
View OAIS mapping → View in graph → Edit →
(Size: 13.15" × 7.75") -- 1335ހ ޒުލްގައިދު 22(1917މ ސެޕްޓެންބަރު 11)ގާ، މަހްކަމަތުލް ޝަރީޔާގެ، އައްނައިބު ހުސެއިން ސަލާހުއްދީނުގެ މަޖިލީހަށް، މުލަކު އަތޮޅު މުލީ މިސްކިތުގެ ހަވާލުވެރިންގެ ތެރެއިން، ކަކާގޭ؛ އަބްދުއްލޯ ފާށިނާ ކިލަގެފާނާއި އިސްމާއީލް ދީދީ އާއި މެދުސީދީ، ކަންޒުދޮށުގެ މަނިއްޕުޅު، ބޮޑުގަލުގޭ ޅަތުއްތުދީދީ، މޫދުގޭ ކޮލިއެދުރު އަހުމަދު ދީދީ، ފުލުކޮށީ އެދުރު، މާކަނާގޭ ކުޑަތުއްތު ދީދީ، މާފަންނު ފޮތްއެދުރު ހުސެއިން ދީދީ، ފޫޅުމައިގޭ އަލީ ދީދީ، ބޮޑުގަލުގޭ ދޮންމަނިކު، ރަންވިއްކާގޭ ތުއްތުދީދީ، ބޮޑުގަލު ކުޑަމަނިކުގެ ދެބެއިން، މުލީ ކަތީބު އިސްމާއީލް ފުޅު އާއި މުލީގެ ރައްޔިތުންގެ ތެރެއިން މުސްކުޅިންނާ ހާޒިރުވެތިބެ، މުލީ މީހުން، އެރަށު މިސްކިތް ބޮޑުކުރަންވެގެން ރޫޅާލާފާ މަތީގާ ހަރުގެޔެއް ހަދާފާވާ ކަމާއި، އެ ހަރުގެވެސް ހަލާކުވެދަނީ ކަމާއި، އެހުރިގޮތަށް ހުއްޓާ އެތާގާ ނަމާދު އަދި ހުކުރުކޮށް ހެދެންނެތް ކަމުގާ ބުނުމުން، އެ ޝަރީއަތު މަޖިލީހުގާ، އެއެންމެހާ މީހުން މިކަންތަކާމެދު ވާހަކަދެއްކުމަށް ފަހު، މުލީ ރައްޔިތުން މުލީގެ ވަރުވާގާ ހިފާ، ހަވާލުވެރިން ގެ އިރުޝާދުގެ ދަށުން މިސްކިތް ހަދާ، އެ ހިނގި ހަރަދު ހަމަވީމާ، އަހަރުން އަހަރަށް، އެރަށުމީހުން އެވަރުވާ ދެއްކުމަށް، އެ މަޖިލީހުން އިއްތިފާގުވުމުން، އެ ހަވާލުވެރިންގެ ބަޔެއް މީހުންނާ، މުލީން ބަޔެއްމީހުން ތިބެގެން މުލީ މިސްކިތް ހަދާނެ ފާޑު ކަނޑައަޅާ، އެކަމަށް ދާނޭ ތަކެތި ކަނޑައަޅާ، ލިސްޓުކޮށް މާވަޑިއަކަށް ކަދިލި ތުއްތު އިހްތިޔާރުކޮށް، އޭނާގެ މުސާރައަކީ ދުވާލަކު 1ރުފިޔާ އަދި ކެއުމުގެ ހަރަދަށް ދުވާލަކު 2/1ރުފިޔާ ކަމުގާ ކަނޑައަޅާ، އޭނާގެ އަތްދަށުވަޑިއަކަށް ދުވާލަކު 2/1ރުފިޔާ މުސާރަޔަށް އަދި 2/1ރުފިޔާ ކެއުމަށް ދޭން ހަމަޖަށްސާ، 4މަސްދުވަހުން މިސްކިތް ނިމޭނޭ ކަމުގާ ލަފާކޮށް، އަންދާޒީ ޖުމްލައަކަށް -/1670ރުފިޔާ ކަމުގާ ނިންމިކަމާއި، އަދި އެ މިސްކިތަށް ބޭނުންވާ އުވަޔާ، ވެއްޔާ، ގަލާ އަދި އެ ލިސްޓުގާ ނުހިމެނޭ އެހެން އެއްޗެހި ހޯދާ، ކުރަންޖެހޭ އެހެން މަސައްކަތް، މުލީ ރައްޔިތުންގެ އަމިއްލަ އަތުން ހަރަދުކޮށް ކުރަން އެއްބަސްވިކަމާއި، މުލީ ރައްޔިތުންނަށް، ގޮއިމަސް ނޯންނާތީ، -/500ރުފިޔާއަށް ވުރެ ބޮޑަށް، ވަރުވާ ކިޔަން ނުކޭރޭނެކަމުގާ ބުނިކަމާއި، އަދި އެމިސްކިތުގެ ބޯގަ ފަތް ބަލާ ، އެ މިސްކިތަށް ހިންނަ އޮތް އެއްޗިއްސަކީ، އެރަށުގާ އޮންނަ ޒިޔާރަތްފުޅު ހިންނަ ފިޔަވާ، އެރަށުގެ އެހެންތަންތާ ހެދޭހާ އެއްޗެއްގެ ފާލައްބައާ އެރަށުގެ ފަންގި ވާރު ކަމުން، ގޮއިމަސް ނެތްހިނދެއްގާ އެރަށު ވާރަކީ -/500ރުފިޔާ ކަމުގާ އިގްރާރުވީ ކަމާއި، އަދި މިސްކިތް ހަދަން ދިޔަ ހަރަދު ހަމަވުމަށް ފަހު، ކޮންމެ އަހަރަކު އުތުރުނަކަތުން އުތުރުނަކަތަށް، މުލީ ރައްޔިތުން އެ ވަރުވާ ފަނޑިޔާރުގެޔަށް ދެއްކުމުން، އެފަރާތުން އެމިސްކިތުގެ ހަވާލުވެރިންނާ އެ ހަވާލުކުރުމުން، އެތަނުގެ ވަގުފް ފުއްދާ، އެހަވާލުވެރިންގެ ދަރިކޮޅުގެ އެންމެހާ މީހުންނަށް އެ ލާރި ބެހުމަށާއި، މިއެންމެހާ ކަންކަމާއި، އަދި މުލީ މުދިމުއާ ކަތީބު އެއޯ އެރަށުން މިކަމުގެ އިސްމީހުން ގޮތުގާ ތިބޭނެ މީހުންކަމުގާ ހަމަޖެއްސި ކަމާއި މިއެންމެހާ ކަންކަމާ އަދި ދާނެ ހަރަދުގެ ތަފްސީލީ ހިސާބު ލިޔެ، އެމަހްކަމާއިން ލިޔެފާވާ ކަރުދާހެއް. އަދި މިފަތުގެ ތިރީގާ ވަނީ، 1335ހ ޒުލްގައިދު 23(1917މ ސެޕްޓެންބަރު 10)ގާ، އެތެރެ ކޮއިލު މިސްކިތު މަލިން މޫސާ ކަލޭފާނާ، ފޫޅުމާގޭ އަލީ ދީދީ، އެތެރެކޮއިލުގާ ތިއްބެވި އެދަރިކޮޅުގެ ބޭފުޅުންނަށް އެކަރުދާސް ދައްކަވާ، އެބޭފުޅުންގެ ރުހުން ހޯދި ކަމާ؛ އަދި ޒުލްގައިދު 24ގާ، މި ކަރުދާހުގާ މުހާތިބު ކޮށްފާވާ އެދަރިކޮޅުގެ، އެދުރު އަހުމަދު ދީދީ ނޫން އެހެން ހުރިހާ އެންމެންނާ މުލީ މީހުންނާއި އެކު ފަޑިޔާރުގޭގާ ހާޒިރުވެތިބެ، މަތީގާ ބުނެފިވާވާ ކަރުދާހުގާ ވާކަންތައްތަކަށް ގަބޫލުވެ ނިމުނު ކަމުގާ ލިޔެ، ހުސެއިން ސަލާހުއްދީނު ސޮއިކޮށް، އޭނާގެ ސިއްކަ ޖަހާފާވާ ލިއުމެއް. M.Muli - Island Mosque - Order (Court case)
Creator(s)
Provenance
Other properties
| contributor | By Sultan Al Naaibu Hussain Salahuddin |
| coverage | IF(AND(I958>=600,I958<476),"Classical History |
| coverage | The "&LEFT(I958,3)&"0s","")))) |
| coverage | The "&LEFT(I958,3)&"0s",IF(AND(I958>=1450,I958<1750),"Easily Modern History |
| coverage | The "&LEFT(I958,3)&"0s",IF(AND(I958>=1750,I958<2025),"The Modern History |
| coverage | The"&LEFT(I958,3)&"0s",IF(AND(I958>=476,I958<1450),"Middle Ages |
| date | 1917 |
| format | Physical Medium |
| language | Dhivehi |
| language | Thaana |
| recordNumber | R00957 |
| rights | No known Restrictions on publication |
| source | President's Office |
| storageLocation | National Archives - Records Room Museum Building |
| subject | Maldives -- Muli -- Island -- Mosque -- Order -- Court case |
| title | M - Muli - Rashu Miskiiy - Amuru (Shareeyai) Fatheh |
| transferredRecord | Yes |
| type | Manuscript |