ކ – މާލެ – ހ.ރޯނުކޮށި – ވަގުފް(ގޯތި) ފަތެއް

Record · http://example.org/archive/record-acc-95bc9f86-r00943

View OAIS mapping → View in graph → Edit →

(Size: 12.9" × 8") -- 1339ހ(1921މ)ގާ، އައްނައިބު ހުސެއިން ސަލާހުއްދީނުގެ ޝަރީޔަތު މަޖިލީހުގާ، މުހައްމަދު ރޯނުބަނޑޭރި ތަކުރުފާނުގެ ދަރިކޮޅުމީހުން ތެރެއިން، ރޯނުގޭ އަލީދީދިގެ ދަރި ސަންޕާ ދީދީގެ ފިރި ފޫޅުމާގޭ އަލީ ދީދީއާ، އެދެމީހުންގެ ދަރި އަހުމަދު ދީދީ އާއި، ދެމީހުން، އެމީހުންގެ ވަގުފް ގޯތި ރޯނުކޮށީގެ މިން ހިމަނާ ފަތެއް ލިޔެދެއްވުމަށް އެދުމުން، އެތަނުގެ އިހުގެ ފަތް ބެއްލެވިއިރު އޮތީ، 1208ހ(1794މ)ގާ، އަލްގާޒީ މޫސާ ނަޖުމުއްދީނު އަލްނަދުވީ، އެގޯތީގެ އިން ހިމަނާ، ލިޔެދީފާވާ ފަތެއްކަމުން، އެގޯތީގެ މިންއެޅި ކަމާއި، މުހައްމަދު ރޯނުބަނޑޭރި ތަކުރުފާނުގެ ދަރިކޮޅު މީހުން އޭނާގެ ތަރިކަ ބަހާ، އެގޯތި 4 ބަޔަކަށް ބެހެވިފާވާ ކަމާއި، ބެހިފާވާނީ، ދެކުނު މަތީ ބައި، ބިލާލުގޭ އަލިމަނިކުގެ މައިފުށު މާމަގެ ދަރިކޮޅަށް، އެތަނާ އިންވެ ހުޅަނގަށްއޮތް ބައި، ވެޔޮގޭ މަނިއްޕުޅުގެ މަންމަ، ވެލާނަގޭ ދީދީގެ ދަރިކޮޅަށް، އުތުރު މަތީ ބައި، ރޯނުގޭ އަލީ ދީދީ އާއި މޫސާ ދީދީގެ މަންމަ، ރޯނުގޭ ބޮޑު ދީދީގެ ދަރިކޮޅަށް އަދި އެތަނާ އިންވެއޮތް ހުޅަނގު ބައި، މާލޭގެ ރަންފުޅުގެ މަންމަގެ ދަރިކޮޅަށް، ކަމުގަޔާ، އެ ތަނުގެ ވަގުފުން، ކޮންމެ ރަބީލްއައްވަލު މަހުގެ 12ދުވަހު، ސޮލަވާތް ކިޔަން ވާނެކަމާ، މިއެންމެހާ ކަންތައްތައް ލިޔެ، އެ ޝަރީއަތު މަޖިލީހުން ލިޔެފާވާ ފަތެއް. އަދި، މިފަތުގެ ނުފުށުގާ، 1959މ ނޮވެންބަރު 9(1379ހ ޖުމާދިލްއައްވަލު 8)ގާ، 'މިގޯތި އެލައިން ނަގާ، އަލުން ފަތް ލިޔެ(ނަންބަރު 127) ލިޔެފާވާ ކަމުގާ ލިޔެފާވާ ލިޔުންކޮޅެއް ވެއެ. K.Male' - H.Roanukoshi (A plot of land in Male) - Deed(Housing Plot)

Creator(s)

Provenance

Other properties

contributor By Sultan Al Naaibu Hussain Salahuddin
coverage IF(AND(I944>=600,I944<476),"Classical History
coverage The "&LEFT(I944,3)&"0s",""))))
coverage The "&LEFT(I944,3)&"0s",IF(AND(I944>=1450,I944<1750),"Easily Modern History
coverage The "&LEFT(I944,3)&"0s",IF(AND(I944>=1750,I944<2025),"The Modern History
coverage The"&LEFT(I944,3)&"0s",IF(AND(I944>=476,I944<1450),"Middle Ages
date 1921
format Physical Medium
language Dhivehi
language Thaana
recordNumber R00943
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives -- H.Roanukoshi -- Deed -- Housing Plot
title K - Male' - H.Roanukoshi - Vaguf (Goathi) Fatheh
transferredRecord Yes
type Manuscript