ތ - ވިލުފުށި – 1.(- ތުއްބޭބެ ރުއްގަސް ދަނޑުފަގު 2.ވިލުފުށީ ރައްޔިތުން 3.ވިލުފުށި ރައްޔިތުން 4.ވިލުފުށި މުހައްމަދު ކަލޯގެ ބިމާއި ތަކެތި – 1.ވަގުފް (ބިން/ތަކެތި) ފަތެއް 2.މިލްކު(ބިން) ފަތެއް 3.ދަރުމަ(ފަޅު،ރަށް) ފަތެއް 4.ވަގުފް(ބިން) ފަތެއް
Record
· http://example.org/archive/record-acc-95bc9f86-r00927
View OAIS mapping → View in graph → Edit →
މިކަރުދާހުގާ 4 ލިޔުމެއް ވެއެ. 1ވަން ލިޔުމަކީ: 1120ހ ރަޖަބް 15(1708މ ސެޕްޓެންބަރު 30)ގާ؛ އަލްގާޒީ ހަސަން ތާޖުއްދީނުގެ ޝަރީއަތު މަޖިލީހުގާ، ތ.ވިލުފުށީ ތުއްބޭބެ އާއި އޭނާގެ އަނބި އައިސަދައިތަ އާއި ދެމީހުން، ވިލުފުށީގާ ހުރި އެމީހުންގެ މިލްކުގާވާ، ފޯދުނު 60 ރުކާއި، ނުފޯދޭ 60 ރުކާއި އަދި 3 ދަނޑު، ވަގުފްކޮށް، އެ ވަގުފްގެ ހަވާލުވެރިކަން، އެމީހުންގެ ދަރި ސަންފާ، މަރިޔަމް، އަދި ޒުލޭހާ މަންޖެއަށް، އަދި އެމީހުން ނެތިއްޖެ ނަމަ އެމީހުންގެ ދަރިކޮޅަށް ލަށްވާ، އެ، ތިން ބެއިން އެކަން ގަބޫލުކޮށްފި ކަމުގާ ބުނެ އެކަމުގެ މައްޗަށް ފަތެއް ދެއްވުމަށްއެދުމުން، އެމަގަށް؛ އެ މަޖިލީހުން ލިޔެދެއްވި ފަތުގެ، ތާނަ ތަރުޖަމާއެއް. 2ވަނަ ލިޔުމަކީ: 1240ހ ޖުމާދިލްއައްވަލް(1825މ ޖަނަވަރީ)ގާ، އައްސުލްތާނު މުހައްމަދު މުއީނުއްދީނު 1ގެ ރަސްކަމުގެ 27ވަނަ އަހަރުގާ، އެރަދުންގެ ދަރުބާރުގާ، ތ.ވިލުފުށި ރައްޔިތުން، އެރަށު ފަޅުތެރޭގާ އޮންނަ ރަކިފުށި ކިޔާ ރަށް، ވިލުފުށީ ރައްޔިތުންގެ މިލްކެއް ކަމުގާ ހައްދަވާ، އެކަމުގެ މައްޗަށް ފަތެއް ދެއްވުމަށް އެދުމުން، އެ ރަކިފުށިއަކީ، ވިލުފުށި މީހުންގެ މިލްކެއްކަމުގާ ނިޔާކުރައްވާ، ފަތް ލިޔުމުގެ ހުއްދަ ދެއްވުމުން، އެ ރަދުންގެ ސިއްކަ ޖަހާ، އަލްހާޒިން އަލްކަބީރު ހާޖީ މުހައްމަދު ރަންހަނދޭގިރި ކިޔުމުން، ފަތްލިޔާ އިބްރާހީމް ލިޔުނު ފަތުގެ ތާނަ ތަރުޖަމާއެއް. 3ވަނަ ލިޔުމަކީ: އަހަރެއް ނެތް) ރަދުންނަށް ބަލާފާ...)1078ހ ސަފަރު(1667މ އޯގަސްޓް)ގާ، ސުވަސްތިސިރީ މަތަމަހާސިރި ރަންނަވަލޯކަ އަބާރުނަ ސިއާކަ ސާސްތުރަ އައުދަ ކީރިތި ބޮވަނަ މަހާރަދުން އައްސުލްތާނު އިބރާހީމް އިސްކަންދަރު 1 ގެ ރަސްކަމުގެ 20ވަނަ އަހަރުގާ، އެރަދުންގެ ދަރުބާރުގާ، ތ. ވިލުފުށި މީހުން، އެރަށު މީހުން ބޮލިހިލާ، މަސްހިފާ ކަންތައްތައް ކުރަމަށް، އައްސުލްތާނު މުހައްމަދު އިމާދުއްދީނު ދެއްވި ފަތް ބާވެގެން، އެފަތް އާކޮށްދެއްވުމަށް އެދުމުން، އެކަމާ މުހާތިބުވާ ރައްރަށުގެ މީހުންނާއި ވިލުފުށީ މީހުން ޝަރީޔަތަށް ފޮނުއްވާ، އެރަދުންގެ ބައްޕަ ވިލުފުށީ މީހުންނަށް ފަޅެއްދެއްވި ކަމުގާ ސާބިތުވުމުން، އެރަށުގެ ފަޅުން، ރަކިފުށި ބޮޑު ކޯރުން ފަށައިގެން ޅޮހި ފަޅުގެ ކޮޅާ ހަމަޔަށް އޮތް ތަނާއި، އެތާގާ ވާހާ ރަށަކާ އެމީހުންނަށް ލަށްވާ، އެވިލުފުށީ މީހުންގެ ރުހުމަކާ ނުލާ، އެތަނަށް އެއްވެސް އެހެން ރަށެއްގެ މީހަކު ވަދެ އެއްވެސް ކަމެއް ނުކުރެވޭނެ ކަމުގާ ނިޔާކުރަށްވުމުން އެރަދުން ފަތް ލިޔުމަށް އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، މަތީގަމު މޫސާ މޭނާ ގެދަރި އަލްވަޒިރު ދޮންއަލީ ދަހަރާދަ ގެދަރި އުމަރު ގަދަހަމާންދި ލިޔުނު ފަތުގެ ތާނަ ތަރުޖަމާއެއް. 4ވަނަ ލިޔުމަކީ: 1119ހ(1707މ)ގާ، ސުވާސްތިރީ މަތަމަހާސިރީ ކުލަ ސުންދުރަ ސިއާކަ ސާސްތުރަ އައުދަ ކީރިތި ކައްތިރި ބޮވަނަ މަހާރަދުން، އައްސުލްތާނު މުޒައްފަރު މުހައްމަދު އިމާދުއްދީނު(ރަދުންގެ ނަމެއް ނެތް...ތާރީހަށް ބަލާފަ)ގެ ރަސްކަމުގެ 4ވަނަ އަހަރު، ވިލުފުށި ހަސަން ކަލޯ ގެދަރި މުހައްމަދު ކަލޯ، އޭނާގެ މިލްކުގާވާ އެންމެހާ ރުއްގަސް، ދަނޑުފަގު، އަދި ވިލުފުށި މެދުރަށުވާ ކިޔާ ތަނާއި، ކަށުވަޅުބިން ކިޔާތާގާ ހުރި ހުރިހާ ރުކަކާއި، އެ އެންމެހާ ތަކެތިން ލިބޭ އެއްޗަކުން އޭނާޔަށާއި، އައްސުލްތާނު މުހައްމަދު އިމާދުއްދީނު ރަދުންނަށް، ފާތިހާ ކިޔެވުމުގެ މައްޗަށް ވަގުފްކޮށް، އެ ވަގުފް ފުއްދުމުގެ ހަވާލުވެރިކަން، އޭނާގެ ދަރިކޮޅަށް ލައްވާ، އެމީހުން އެކަން ގަބޫލުކޮށް، މިކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެކަން ގަބޫލުކޮށް، ފަތް ލިޔުމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ބަނޑޭރި އުމަރު ފަޑިއަތް ތަކުރު ކިއުމުން، ހަސަން ހަތީބު ލިޔެފާވާ ފަތުގެ ތާނަ ތަރުޖަމާއެއް. (Size: 10.8" × 8.7")Al Ghaazee Hassan Thajuddin Th.Vilufushi - Thubbeybe's Coconut Grove and Farmland - Deed for housing plot
Creator(s)
Provenance
Other properties
| contributor | - |
| date | 1667 |
| date | 1707 |
| date | 1708 |
| date | 1825 |
| format | Physical Medium |
| language | Dhivehi |
| language | Thaana |
| recordNumber | R00927 |
| rights | No known Restrictions on publication |
| source | President's Office |
| storageLocation | National Archives - Records Room Museum Building |
| subject | Maldives -- Vilufushi -- Thubbeybe -- Farmland -- Deed -- Housing plot |
| title | Th - Vilufushi - 1.(- Thubbeybe's Ruhgas Dhandufagu 2.Vilufushee Raiyithun 3.Vilufushi Raiyithun 4.Vilufushi Mohammed Kaloge Bimaai Thakethi - 1.Vaguf (Bin/Thakethi) Fatheh 2.Milku (Bin) Fatheth 3.Dharuma (Falhu,Rah) Fatheh 4.Vaguf (Bin) Fatheh |
| transferredRecord | Yes |
| type | Manuscript |