ކ – މާލެ – ކުޑަދަހަރާ ތަކުރުފާނު އަދި ދީދީ ފަޑިޔަތް ތަކުރުފާނު – ވަގުފް(ބިން/މުދާ) ފަތެއް

Record · http://example.org/archive/record-acc-95bc9f86-r00913

View OAIS mapping → View in graph → Edit →

1235ހ ޖުމާދިލްއާހިރު(1820މ މާޗް)ގާ، އަލްގާޒީ އިބަރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ ދަރުބާރަށް، ކުޑަދަހަރާ ތަކުރުފާނުގެ ވަގުފް އާއި ދީދީ ފަޑިޔަތް ތަކުރުފާނު؟؟؟ގެދަރި ދީދީ ތަކުރުފާނު؟؟؟ގެ ވަގުފާއި، އެދެވަގުފްގެ ހަވާލުވެރިޔާ އައިސް، އެމީހުންނަށް އަލްގާޒީ ހަސަން ތާޖުއްދީނު އުއްތަމަ ފަނޑިޔާރު ލިޔެދެއްވި ފަތް ބާވެގެން އެފަތް އާކޮށްދެއްވުމަށް އެދުމުން؛ އެ ފަތް ބެއްލެވިއިރު، އެއީ؛ އެދެ ވަގުފްގެ އިހުގެ ހުރިހާ ފަތެއް، މުލަކަށް ދިޔަ ކިލެގެފާނުންނާ އެކީގާ އައި އިނގިރޭސި؟؟(މިތަންކޮޅު ހަލާކުވެފަ)ން ގެންގޮސް އަންދާ، ނަގައިލައިފި ކަމުގާ، ކުޑަދަހަރާ ތަކުރުފާނު ގެދަރި ކަދީދާ ފާނު ގެދަރި ތުއްބީފާނު، އަލްގާޒީ ހަސަން ތާޖުއްދީނު އުއްތަމަ ފަނޑިޔާރު ކަލޭފާނުގެ ދަރުބާރުގާ ބުނުމުން، އެކަން ބައްލަވާ، އެ ކުޑަދަހަރާ ތަކުރުފާނު ވަގުފްކުރިކަމުގާ ސާބިތުވީ، ހުވަދޫއަތޮޅު(ގއ.) މަދިރި ވިލިނގިލި އާއި ޖެހިގެން އޮތް ފޭދޫ؟؟؟ އާއި، ގދ. ކާޑެއްދޫ އާއި ޖެހިގެން އޮތް ރަހަދޫ، ދެއްވަދޫ ރަސްގެފާނުން ނަންގަވާފާ، ދެއްވި، މާޅޮސްމަޑުލު ދެކުނުބުރި(ބ.) ހިރުއްދޫ(ހިރުންދޫ) އާއި، މިލަދުންމަޑުލު(ށ.)ފޯކައިދޫ ގަޔާ މާޅޮސްމަޑުލު(ބ.)ކަމަދޫގާ ހުރި، އެ ތަކުރުފާނުގެ މިލްކު ރުއްގަހާއި، ދަނޑުފަގަ(ގަސްގަހާގެހި ހައްދާ ދަނޑާއި އާމްދަނީ ލިބޭ، ހިންނަފަދަ ތަންތަން) އާއި، ފޭދޫގާ އޮތް ރައްކާފުތު ހިންނައާއި، އަރިއަތޮޅު(އދ.)އޮމަދޫ އާއި މިތަންތަން ކަމާއި، އަދި ދީދީ ފަޑިއްތަކުރުފާނުގެ ދަރި ދީދީ ތަކުރުފާނު ވަގުފްކުރިކަމުގާ ސާބިތު ވި އެ ކުޑަދަހަރާ ތަކުރުފާނުގެ...(ވީދި ކިޔަން ނޭނގެ)..ރުއްގަހާއި ދަނޑުފަގާއި، އެ އެންމެހާ ތަކެތި އެ ދެވަގުފަށް ލަށްވާ، އެ ވަގުފްގެ ހަވާލުވެރިކަން ކުޑަދަހަރާ ތަކުރުފާނު އާއި، ދީދީ ފަޑިޔަތްތަކުރުފާނުގެ ގެދަރި ކަދީދާ ފާނު ގެދަރި ތުއްބީފާނައި އެ ދަރިކޮޅަށް ލަށްވާ، އަލްގާޒީ ހަސަން ތާޖުއްދީނު ލިޔެދެއްވި ފަތް ކަމުގާ ސާބިތުވުމުން، އާކޮށް، އެފަތުގެ މައްޗަށް، ލިޔެދެއްވި ފަތެއް. (F0-98އަކީ މީގެ އިހުފަތް)(Size:15" × 10")Al Ghaazee Ibrahim Sirajuddin K.Male' - Endowment for property

Creator(s)

Provenance

Other properties

contributor -
coverage Modern History
coverage The 1820s
date 1820
format Physical Medium
language Dhivehi
language Thaana
recordNumber R00913
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives -- Endowment for property
title K - Male' - Kudadhaharaa Thakurufaanu adhi Didi Fadiyai Thakurufaanu - Vaguf (Bin/Mudhaa) Fatheh
transferredRecord Yes
type Manuscript