ކ - މާލެ – މެދު ޒިޔާރަތް – ބޯގަ(ޒިޔާރަތް) ފަތެއް

Record · http://example.org/archive/record-acc-95bc9f86-r00901

View OAIS mapping → View in graph → Edit →

1332ހ ޖުމާދިލްއައްވަލް 16(1914މ އޭޕްރިލް 12)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު، މާލެ މެދު ޒިޔާރަތް ދެމިއޮންނަނިވި ރަނގަޅު ގޮތުގާ ބެލެހެއްޓުމަށްޓަކާ، ކ.ގާފަރު އާއި އަދި ރާއަތޮޅު، ކޮންމެސް ރަށެއްގެ(ނަމެއް ނެތް) ގޮއިފާލައްބައާ، އެ ޒިޔާރަތަށް ނަދުރަށް ގެންނަހާ ތަކެއްޗެއް، އެޒިޔާރަތުގެ ބޯގަޔަށް ލައްވާ، އެއިރަކު ތަހުތުގާ އިންނެވި ރަސްކަލަކު އެޒިޔާރަތް ބަލަހަށްޓާ މީހަކު އިސްކުރަށްވަން ޖެހޭނެ ކަމާ، ކޮންމެ ހުކުރުހޯމަ ވިއްލޭރޭ، ޒިޔާރަތުގެ ދޮރޯށީގެ ދެ ބަނޑިޔާ ކޮޅާ، އެތެރެ ވޮއްކޮޅު އަދި ބޭރު ފާރު ވަށާ ހުރި 7 ލަންޓަނު ދިއްލާ، ކޮންމެ ފަސްހެއުރެއަކު، އެތެރެ 7 ފާނޫޒު އަދި ހުޅަނގު އުތުރުކޮޅުގާ ހުންނަ ބަނޑިޔާކޮޅު ދިއްލާ، ހެންވޭރު ބޮޑުހިތި، އަދި ކުޑަހިތި ވިލޭރޭ، ކުރީގާ ބުނެވި ކަންތައްތަކުގެ އިތުރުން، ބޭރުފާރުގާ 150 ލެންޓަން އާއި، ދޮރޯށީގާ 6 ބަނޑިޔާ ދިއްލާ، ހަނދުވަރު ނުދޭ ކޮންމެ ރެޔަކު ބޭރު އުތުރު ފާރުގެ ދެކަނުގާ ހުރި ދެ ލެންޓަނު ދިއްލާ، ކޮންމެ އަހަރަކު، ފާރުތަކުގާ ހުދުއުވަލާ، ކޮންމެ އަހަރުމަތިފުޅުދުވަހަކު، އަސުރު ނަމާދަށް ފަހު 10 މީހުން ލައްވާ ޒިޔާރަތް ކާރީގާ ގުރުއާން، އަދި އެރޭ، 40 މީހުން ލައްވާ ފާތިހާ، ކިޔަވާ، ކޮންމެ ހުކުރުހޯމަ ވިލޭރޭ، ޒިޔާރަތް ދޮށުގާ ޔާސީން ފާތިހާ ކިޔާ، ކޮންމެ ހުކުރު ދުވަހަކު، މުޅި ޒިޔާރަތް ސާފުކުރުމާ، ބައިތުލްމާލުން، ޒިޔާރަތުގެ ދިދަ އާއި ދަވާދު އަދި، ބާވެއްޖެ ކޮންމެ އެއްޗެއް އާކުރުމާއި، އަދި، ކުރަންވި ކޮންމެ މަރާމާތު ކުރަންޖެހޭނެ ކަމާއި، ގާފަރު މީހުން ކޮންމެ އަހަރަކު 2ކަނޑި އުވަޔާ، ދޮންވެލި، ޒިޔާރަތަށް ގެނެސް ދޭންޖެހޭނެ ކަމާއި، ގާފަރުގާ ފުރާތަދަތުރުއޮޑި އޮންނަންޖެހޭނެ ކަމާއި، މިއެންމެކަންކަން، ދާއިމަށް އޮންނަން ޖެހޭނެ ކަމުގެ އަމުރުނެރުއްވުމުން؛ އެރަދުންގެ ސިއްކަ ޖަހާ، އައްނައިބު ހުސެއިން ސަލާހުއްދީނު ލިޔެފާވާ ފަތެއް. K.Male' - Medhu Ziyaaraiy (Mausoleum) - Endowment for Shrine (ziyaaraiy) (Size:19.05" × 12")

Creator(s)

Provenance

Other properties

contributor By Sultan Mohamed Shamsuddin
coverage -
date 1914
format Physical Medium
language Dhivehi
language Thaana
recordNumber R00901
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives -- Medhu ziyaaraiy -- Endowment for Shrine
title K - Male' - Medhu Ziyaaraiy - Boagha (Ziyaaraiy) Fatheh
transferredRecord Yes
type Manuscript