ގއ – ވިލިނގިލި – މާމިސްކިތް - ބޯގަ(މިސްކިތް) ފަތެއް
Record
· http://example.org/archive/record-acc-95bc9f86-r00895
View OAIS mapping → View in graph → Edit →
1326ހ ޒުލްހައްޖު 20(1909މ ޖަނަވަރީ 13)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނު ގެދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު އިސްކަންދަރުގެ ރަސްކަމުގެ 7ވަނަ އަހަރު، އެ ރަދުންގެ ދަރުބާރުގާ، ހުވަދޫއަތޮޅު(ގއ.) މަދިރި ވިލިނގިލި ރައްޔިތުން، އެރަށުގެ މާމިސްކިތް މައްޗަށް އިހުގެ ރަސްރަސްކަލުން ދެއްވަވާފާވާ ފަތްކޮޅުތައް، އެރަށް އަނދައިގެން ދިޔައިރު، ނެތިދިއުމުން، 1287ހ(1870މ)ގާ، އައްސުލްތާނު މުހައްމަދު އިމާދުއްދީނު ދެއްވި ފަތްކޮޅު ބާވެގެން އެފަތް އާކޮށްދެއްވުމަށް އެދުމުން، އެފަތް ބަށްލަވާ، އޭގާވާގޮތަށް؛ އެ މާމިސްކިތާ އެމިސްކިތުގެ ހަރިންމަ(މިސްކިތާއި ޒިޔާރަތްފަދަ ތަންތަނަށްޓަކައި އެތަންތާނގެ ވަށައިގެން ދޫކޮށްފައި އޮންނަބިން) ސާފުކޮށް، މަރާމާތުކޮށް، އެތާގެ އެންމެހާ ކަންކަމެއް ބެލެހެއްޓުމުގެ ބޯގަޔަކަށް، ހުވަދޫއަތޮޅު(ގއ.) މާނާގަލަ ލަށްވާ، އަދި އެ މިސްކިތުގެ މުދިމަކަށް ވާރުކޮޑި(ވާރު ދޭން ނުޖެހުން؟؟)ލަށްވާ، އެބޯގަ ހަވާލުވެރިކަން، އެރަށު އެންމެންނަށް ލަށްވާ، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، އެ ރަދުންގެ ކައްތިރި މުދި(ސިއްކަ) ޖަހާ، މާލެ ބޮޑުގަލު މާކޮށާރު ބަނޑޭރި މޫސާ ގެދަރި ހުސެއިން ލިޔުނު ފަތެއް. G.A.Villin'gili - Maa Miskiiy (Mosque) - Endowment for Shrine (ziyaaraiy) (Size:19" x 11.95)
Creator(s)
Provenance
Other properties
| contributor | By Sultan Mohamed Shamsuddin |
| coverage | Modern History |
| coverage | The 1900s |
| date | 1909 |
| format | Physical Medium |
| language | Dhivehi |
| language | Thaana |
| recordNumber | R00895 |
| rights | No known Restrictions on publication |
| source | President's Office |
| storageLocation | National Archives - Records Room Museum Building |
| subject | Maldives -- Villingili -- Miskiyy -- Endowment of Shrine |
| title | Ga - Villin'gili - Maa Miskiiy - Boagha (Miskiyy) Fatheh |
| transferredRecord | Yes |
| type | Manuscript |