ޝްރީލަންކާ – ކޮލްޕިޓިޔަ – ދިވެހި އެންބަސީ – ސިޓީއެއް

Record · http://example.org/archive/record-acc-95bc9f86-r00875

View OAIS mapping → View in graph → Edit →

1325ހ ޝައުބާން 26(1907މ އޮކްޓޯބަރު 4)ގާ، ސްރިލަންކާގާ ހުންނަ ދިވެހި އެނބަސީގެ 'ލެޓާހެޑް'ގާ، ދިވެހި ސަފީރު، އަބްދުލް ހަމީދު ދީދީ، މާލެ ބޮޑުބަނޑޭރިގެއަށް؛ ކަރާ ބޯޓުން އޭނާޔަށް ފޮނުވި ސިޓީ ލިބުނުކަމާއި، މިއީ އޭގެ ޖަވާބުކަމުގާ ބުނެ، ވާކަރަށް އަންގަން ބުނެފާވާ ކަންކަން އަންގާ، ބަންނަމުން ގެންދާ ބޯޓު، މުޅިން ދަގަނޑުން ބަނދެ 10ދުވަހުގެ ތެރޭގާ ނިމޭނެ ކަމާ، އެއުޅަނދު މާލޭ ގެންދާނީ ރޫޅާލައިގެން ކަމަށްވާތީ، މީހުންނާ އިންޖިނޭރަކާވެސް ދާންވާނެކަމާ، އެކަމާ މެދު ފެންނަގޮތެއް ބުނެ އެންގުމަށާ، އަދި، ގުޅީ އަލީކަލޭފާނުގެ ކުޑަބައްތެލި މާލެއިން ފާދިއްޕޮޅަށް ދާން ދިޔަ މަގުމަތީ ކާށިދޫއަށް ޖަށްސާ، އެތަނުން ފުރައިގެން ދަނިކޮށް ގަދެވެގެން، ބެހިގެންގޮސް 5 ދުވަހު ކަނޑުމަތީ ވެފާ، ޖަފްނާކައިރީގާ އޮންނަ ތާވަށްކަޑޭ ކިޔާ ތާކަށް އުރި، އެތާ އެއްދުވަހު ތިބެފާ އެތަނުން މަންނާރު ކިޔާ ހިސާބެއްގާ 9 ދުވަހު ތިބެފާ، ޝްރީލަންކާ ސަރުކާރުގެ ހަރަދުގާ ރޭލުން ކޮޅުބަށް، ސެޕްޓެންބަރު 21ގާ ގޮސް، މަރައްކާރު( އިހުގާ، ޝްރީލަންކާގާ ހުންނަ ދިވެހިރާއްޖޭގެ ވިޔަފާރިއާބެހޭ އެޖެންޓް)ގެ ގޭގާ، ހެޔޮ ހާލުގާ ތިބި ކަމާ، އޭގާ ތިބީ ނައިފަރު 6، ކުޅުދުފުށި 2 އަދި ނޮޅިވަރަމު 1 މީހެއް ކަމާ، އަދި އޭގާ ގެންދިޔަ އެއްޗިއްސާ، އެތަކެއްޗަށް ވީގޮތް އަދި އެމީހުންނަށް ކަންތައްތައް ކުރާނޭގޮތް ބުނެ، އަދި ޝްރީލަންކާޔަށް ދާ ބޯޓުން ދާ ޕެސެންޖަރުންގެ އަތްނުކަނޑާ(ކަށިވިދުރި ވެކްސިން) ދޫނުކުރާ ކަމާ، އަދި އެތާގާ ބަލިމަޑުކަން ގިނަވެފާވާ ދުވަސްކޮޅަކަށް ވާތީ، ރާއްޖޭގެ ސަރުކާރުން އެކަމަށް ވިސްނަންޖެހޭނެ ކަމާއި، އދވސ. ލިޔެ؛ އެސަފީރު ސޮއިކޮށް، ފޮނުވާފާވާ ސިޓީއެއް. (Size: 10.45" x 8.2") Sri Lanka - Dhivehi Embassy - letter(Official)

Creator(s)

Provenance

Other properties

contributor -
coverage Modern History
coverage The 1900s
date 1907
format Physical Medium
language Dhivehi
language Thaana
recordNumber R00875
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives -- Sri Lanka -- Dhivehi Embassy -- Letter
title Sri Lanka - Kolpitiya - Dhivehi Embassy - Sitee eh
transferredRecord Yes
type Manuscript