ޝްރީލަންކާ - ކޮލްޕިޓިޔަ – ދިވެހި އެންބަސީ – ލިޔުމެއް(ދާގީނާ)

Record · http://example.org/archive/record-acc-95bc9f86-r00869

View OAIS mapping → View in graph → Edit →

1325ހ ޖުމާދިލްއާހިރު 10(1907މ ޖުލައި 21)ގާ، ދިވެހި ސަފީރު، އަބްދުލް ހަމީދު ދީދީ ސޮއިކޮށް؛ 'ސަރުކާރުގެ ހިސާބުގައި ނާކޮޅުން ފޮނުވި ތަކެތީގެ ހިސާބު' މިހެން ސުރުހީކޮށް، އެކުލަވާލާފާވާ ތަކެތީގެ ލިސްޓަކާ، އެ ލިސްޓުގެ 2ވަނަ ސަފްހާގެ ތިރީގާ، އެތަކެތީގެ ބިލް ނާންނާތީ އަގު ނުޖެހުނީ ކަމާ، އިނގިރޭސިން އޮތް ކަރުދާހުގާހުރިތަކެތިވެސް ފޮނުވާ ކަމާ، އެތަކެތީގެ އަގު ފޮނުވާއިރު އަހުގެ ހެދުމަށާ އަދި ގޭގެ ކަންތަކަށް ދިޔަ ހަރަދާ ފޮނުވާނެ ކަމާ އަދިވެސް އެހެނިހެން ހަބަރު ލިޔެ، (މި ކަރުދާހުގާ 3އަދި4 ވަނަ ސަފްހާ އެއް ނެތް..) 5ނަންބަރު ސަފްހާގާ، 'ތިރިނާކޮޅުން ފޮނުވި މީހުންގެ ތަކެތި' ސުރުހީކޮށް، އޮތް އަބްދުލް މަޖީދު ދީދީ، ދޮންމަނިކުގެ އަބްދުއްލޯ ދީދީ، މާލިމީ ކޮއި، މާވަޑިކަލޭގެ ގެދަރި ދޮންފުތު، ސިއްކަގޭ އަލިމަނިކުފާނު އަދި ހުރާ ކުޑަކަލޯ، މިފަދަ މީސްމީހުންގެ ސާމާނުގެ ލިސްޓުކޮށް، އަދި 6ނަންބަރު ސަފްހާގާ، 'މީހުންގެ ފާސިންދާރުންގެ ތަކެތި' މިހެން ސުރުހީކޮށް އޮތް ތަކެތީގެ ލިސްޓަކާ، އޭގެ ތިރީގާ، އެ ނާކޮޅުން ދާ ފާސިންޖަރުންނަކީ، ހުސެއިން ސާހިބު އަބޫބަކުރު އާއި ސިންނަމަރައްކާރު މުހައްމަދު މަރައްކާރު އާއި އިސްހާގު މާލިމީ ކަމުގާ ބަޔާންކޮށް؛ ފޮނުވާފާވާ ކަރުދާހެއް.(Size: 9.9" x 7.65") Sri Lanka - Maldivian Embassy - Writing(Package)

Creator(s)

Provenance

Other properties

contributor -
coverage Modern History
coverage The 1900s
date 1907
format Physical Medium
language Dhivehi
language Thaana
recordNumber R00869
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives -- Sri Lanka -- Maldivian Embassy -- Writing -- Package
title Sri Lanka - Kolpitiya - Dhivehi Embassy - liyumeh (Dhaageenaa)
transferredRecord Yes
type Manuscript