ޝްރީލަންކާ – ކޮޅުނބު – ޑެލްމީޖް ފޮސީތު & ކޮންޕެނީ އެޖެންޓު – ސިޓީއެއް
Record
· http://example.org/archive/record-acc-95bc9f86-r00859
View OAIS mapping → View in graph → Edit →
1906މ ޖުލައި 11(1324ހ ޖުމާދިލްއައްވަލް 19)ގާ، ދަ އޭޝިއޭޓިކް ޕްޓްރޯލިއަމް ކޮންޕެނީ ލިމިޓެޑް ކިޔާ އެޖެންޓު ކުންފުންޏެއް މެދުވެރިކޮށް، ރާއްޖޭގާ ވިޔަފާރިކުރާ ޑެލްމޭޖް؟؟ ފޯސިތު އެންޑެ ކޮންޕެނީ ކިޔާ ކުންފުންޏަކުން، ކޮޅުނބު އިން، ރާއްޖޭގެ ރަދުންނަށް؛ އެރަދުންގެ މީސްތަކުންނާއި އެކުންފުނީ މީހުންނާއި ދެފަރާތުގެ ފައިދާއަށް، ދަށްއަގުގާ ތެޔޮ ވިއްކުމާ، އަދި އެޖެންޓަށް ބޭނުންވާވަރަކަށް ދަރަނީގެ ވަސީލަތް ދިނުމާ، މިހުރިހާ ކަމެއް ކުރުމުންވެސް، ފުދޭވަރަށް ވިޔަފާރި ނުހިނގާ ކަމުގާ ބުނެ، މި ސިޓީއާ އެކު ފޮނުވާ، އެ އެޖެންޓުގެ ހިސާބު-ކިތާބުން އެކަން ސާފުވާނެ ކަމުގާ ބުނެ، އަދި ރާއްޖެޔަށް ފޮނުވި -/3000 ރުޕީޒްގެ ތެލަށް، އެންމެ ލާރިޔެއްވެސް ލިބިފާނުވާ ކަމާ، އަދި އޭގެ ބަދަލުގާ، އެޖެންޓަށް ދައްކަން ޖެހޭ 849.08 ރުޕީޒް ދެއްކުމުން، ޖުމްލަ 3849.08 ރުޕީޒްގެ ގެއްލުން ވެފާވާ ކަމާ، ފައިދާވާނެ ގޮތުގާ އެ ވިޔަފާރި ހިންގަން ބޭނުންފުޅު ނަމަ، އެކަން ބަލަހަށްޓަން ރަނގަޅު މީހަކު ހަމަޖަށްސަވާދެއްވައިފިއްޔާ، އެ ވިޔަފާރި ފައިދާހުރިގޮތުގާ ކޮށް، ދަށް އަގުގާ ބޭނުންވަރަކަށް ތެޔޮ ފޯރުކޮށްދެވޭނެ ކަމާ، އެހެންވެ، ރަދުން ވިސްނާވަޑައިގަތުމަށް، ހުށަހެޅުންތަކެއްކަމުގާވާ: އެވިޔަފާރި، އެމީހުންގެ ސީދާ ބެލުމުގެދަށުން ކުރެވެން ނެތީތީވެ، ދިވެހި ސަރުކާރުގެ ބެލުމުގެ ދަށުން އެކަން ކޮށް އެންމެންނަށްވެސް ފައިދާހުރިގޮތުގާ އެކަން ކުރުމަށާ، ޝްރީލަންކާ ސަރުކާރުންވެސް، މެޑްރާހާ އެކު، އެންމެހާ ފަރާތަކަށް ފައިދާ ހުރިގޮތުގާ އެގޮތަށް ވިޔަފާރި ކުރަމުން ދާކަމުގާ ފާހަގަކޮށްފަޔާ، އެ ހުށެހެޅުމާ އެކީ ވަޑައިގަންނަވަން ގަސްތެއް އޮތްނަމަ، އެމީހުންގެ ފިހާރަ، ޕޯސްޓުއޮފީހެއް ހެދުމަށްޓަކާ، ބައްލަވައިގަންނަވަން އެދިވަޑައިގަންނަވާކަން އެމީހުންނަސް އިނގޭނޭގޮތް ހަށްދަވާދެއްވާފިއްޔާ އެމީހުން ހިތްހަމަޖެހޭނެ ކަމާ، އެކަން އެމީހުންނަށް އިނގުނީ، ދިވެހި ސަފީރު މރ. ޑީޑީޔާ އެންމެފަހުން ބައްދަލުވީ އިރު، އޭނާގެ ފަރާތުން ކަމާ، އަދި އެކަމާބެހޭ ގޮތުން، އެމީހުންނާ މުއާމަލާތު ކުރައްވާނެކަމުގާ، އޭނާ ވިދާޅުވި ނަމަވެސް، އަދިވެސް އެއްވެސް ކަހަލަ ހަބަރެއް ނުވާ ކަމާ، އަދި މި ސިޓީ އާއެކު، އެފިހާރާގެ އަގާ ބެހޭ ހިސާބު-ކިތާބު ފޮނުވާ، އަދި ބުނެވިދިޔަ ކަންކަމުގާ، ރަދުންގެ ހިޔާލު ފޮނުއްވުމަށް އެދި، އަދި، އެމީހުން ރާއްޖެޔަށް ތެޔޮ އެތެރެކުރުން ހުއްޓާލިކަމުގަޔާ އަދި ފިހާރަ ވިއްކާލުމުގެ މުއާމަލާތްކުރަމުން ގެންދާ ވާހަކަ، އެމީހުންގެ އެޖެންޓު މރ. އެމް.އެސް.އެޗް އަބްދުލް އަލީއަށް އެންގިކަމާ މި އެންމެހާ ކަންކަން ލިޔެ؛ ޑެލްމޭޖް ފޯސީތު ސޮއިކޮށް، ފޮނުވާފާވާ ސިޓީއެއް. (Size: 10.75" x 7.95") Sri Lanka - Delmege Forsyth & Company Agent - letter(Official)
Creator(s)
Provenance
Other properties
| contributor | - |
| coverage | Modern History |
| coverage | The 1900s |
| date | 1906 |
| format | Physical Medium |
| language | English |
| recordNumber | R00859 |
| rights | No known Restrictions on publication |
| source | President's Office |
| storageLocation | National Archives - Records Room Museum Building |
| subject | Maldives -- Sri Lanka -- Mesaaz Delmege Forsyth company Agent -- Letter |
| title | Sri Lanka - Kolhunbu - Mesaaz Delmege Forsyth Company Agent - Sitee eh |
| transferredRecord | Yes |
| type | Manuscript |