ޝްރީލަންކާ – ކޮޅުނބު – ދިވެހި އެންބަސީ – ސިޓީއެއް
Record
· http://example.org/archive/record-acc-95bc9f86-r00856
View OAIS mapping → View in graph → Edit →
1343ހ ޒުލްހައްޖު 10(1925މ ޖުލައި 2)ގާ، ކޮޅުނބުން، 'އީ.އޭ.އެޗް ޑީޑީ' ގެ ފޯން ނަންބަރު(2304)ޖެހި 'ލެޓާހެޑް އެއްގާ'، ބޮޑުބަނޑޭރި މަނިކުފާނަށް؛ ރޯދަމަހު 23ގާ ލިޔުއްވާފާވާ ސިޓީއާ، -/2550 ރުފިޔާ އުންބުޗީ އަތުން ނެގުމަށް ލިޔެ ފޮނުވި ސިޓީއާ ލިބި އަދި އެފައިސާ ނަގައިފި ކަމާ، ޝައްވާލް 26ގާ ލިޔުއްވާފާވާ ސިޓީޔާ އެ ސިޓީގާ ބުނެފާވާ ކަރުދާހު ފޮށިގަނޑާ، އަދި ދެން ފޮނުއްވި ސިޓީޔާ އެސިޓީތެރޭގާވާ -/2550 ރުފިޔާގެ، އީ.ޖީ ފިހާރައިން ދީފާވާ ހުންޑީ ލިބި، އެފައިސާވެސް އޭރު ލިބިއްޖެ ކަމާ، އަދި އެމަހު 30ގާ ލިޔުއްވާފާވާ ސިޓީޔާ އޭގެތެރޭގާ ފޮނުއްވި، ކަރުދާހުފޮށިގެ ބިއްލަޑީ ލިބުނު ކަމާ، ނޯވޭގެ 5 މީހުން ތިބި، ކޮރްލެއިފް ކިޔާ މީހެއްގެ ކެޕްޓަނުކަމުގާވާ، ޔޮޓެއް އެމަހުގެ 25 ހެދުނު މާލެ ދިޔަކަމާއި، އެޔަށް ކާބޯތަކެއްޗާ އޭގެ އިތުރުން، ވެރިންގެ ފަރާތުން ހަދިޔާ ފޮނުއްވިކަން، ޒުލގައިދު 26ގާ ފޮނުއްވި ސިޓީން އިނގުން ކަމާ، އެ ޔޮޓުން، ރާއްޖެޔަށް ވަރަށް ތައުރީފުކޮށް ނޫސްވެރިންނަށް ދިން ބަޔާނާ، އަދި އަބްދުލް ހަމީދު އެކަމާ ބެހޭގޮތުން 'ޓައިމްޒް' އަށް ދެއްވި ހަބަރުކޮޅާ، އެދެހަބަރު ޖަހާފާވާ ނޫސް-ކެނޑުން(N-57) ފޮނުއްވި ކަމާ، އެޔޮޓުގެ ދުވެއްޔާ ބެހޭ މައުލޫމާތު ކޮޅަކާ، އަދި މައްކާޔަށް ކޮންމެ އަހަރަކު ސަރުކާރުން ފޮނުވާ މަހުމަލްކޮޅު ކޮޅުނބު މަގުން މަދީނާޔަށް ގެންދަނިކޮށް، ވައްހާބީ ރަސްގެފާނުންގެ ޖަންގަލީ ސިފައިންގެ ހަމަނުޖެހުމެއްގާ، މިސުރު ސިފައިން ބަޑިޖަހާ ގިނަ ވައްހާބިން މަރާލާ، މިކަންތައްގަނޑާ ހެދި، ޖިއްދާ މަގުން އެ އުރަފުޅު ގެންދިޔުމަށް ގަސްތުކުރި ކަމާ، ހައްޖާޖީންނަށް ވަރަށް އަނިޔާކުރާ ވާހަކަޔާ، ޔަމަނު ރަސްގެފާނު ވައްހާބީ ރަސްގެފާނާ ހަނގުރާމަފަށްޓަން އުޅޭ ވާހަކަ އިވެމުންދާ ކަމާ، ތުރުކީންނާ އިނގިރޭސިން އިރާގުގެ ސަރަހަށްދާ މެދެ ސުލްހަވެރި ގިރުމޭޓެއް(އެގްރީމެންޓް/އެއްބަސްވުން)ގާ ސޮއިކޮށް، އެކަމުން ތުރުކީޔަށް ވަރަށް ފައިދާވާނެ ކަމުގާ ދެކޭ ކަމާ، މޫސާ ބަހީގެ ހުސެއިނީ އަށް އަރައިގެން އެމަހު 18ގާ ދިޔަ 3 ކަލުން(މީހުން؟؟) ފަތުހުލް މަޖީދު ބޯޓުގާ ދާންގޮސް، އެމަހު 25ގާ އަނެއްކާ އެބޯޓުވެސް ކޮޅުބަށް ވަދެ، ތަންކޮޅެއް މަޑުވަންދެން އެބޯޓުވެސް މަޑުކޮށްލައިގެން އޮތް ކަމާ، ހައްޖު އީދަށް، ނާކޮޅުގާ ސޮލަވާތްފުޅު ކިޔާ ހުރިހާ އެންމެންނަށާ، އެ 3 ފަސިންޖަރުންނަށްވެސް ހެދުން ދެއްވި ކަމާ، އެ 3 މީހުން ތެރެއިން، ތުއްތު، ކަނޑުމައްޗަށް ދެރަކަމުން، އޭނާގެ ހާލުދެރަކަމާ، އޭނާ މާލެދާން އެދޭކަމާ އެކަމަކު ފުރުވާލައިފިއްޔާ، ފުރާނަޔަށް ގެއްލުންވެދާނެކަމާ، މިހުރިހާ ހަބަރެއް ލިޔެ، އަބްދުލް ހަމީދު ސޮއިކޮށް، ފޮނުވާފާވާ ސިޓީއެއް. (Size: 8.2" x 5.15") Sri Lanka - Maldivian Embassy - letter(Official)
Creator(s)
Provenance
Other properties
| contributor | - |
| coverage | Modern History |
| coverage | The 1900s |
| date | 1925 |
| format | Physical Medium |
| language | Dhivehi |
| language | Thaana |
| recordNumber | R00856 |
| rights | No known Restrictions on publication |
| source | President's Office |
| storageLocation | National Archives - Records Room Museum Building |
| subject | Maldives -- Sri Lanka -- Maldivian Embassy -- Letter |
| title | Sri Lanka - Kolhunbu - Dhivehi Embassy - Sitee eh |
| transferredRecord | Yes |
| type | Manuscript |