ޝްރީލަންކާ – ކޮލްޕިޓިޔަ – ދިވެހި އެންބެސީ - ސިޓީއެއް

Record · http://example.org/archive/record-acc-95bc9f86-r00853

View OAIS mapping → View in graph → Edit →

1908މ ޑިސެންބަރު 22(1326ހ ޒުލްގައިދު 28)ގާ، ދިވެހިރާއްޖޭގެ ސަފީރު، އަބްދުލް ހަމީދު ދީދީގެ 'ލެޓާހެޑް'ގާ، ބޮޑުބަނޑޭރިގެޔަށް؛ އީޖީ އާދަމް އަލީ ކުންފުނީގެ ދީނުގަންޖާއިން، ޒުލގައިދު 12ގާ ފޮނުވާފާ ސިޓީއާ، ދަނގަޑު ނަމޫނާ ލިބި، އަދި އެ ސިޓީގާ ވީފަދައިން ކަންތައްތައް ކުރެވޭތޯ ބަށްލަވާނެ ކަމާ، މޭރީ ކިޔާ ނާ ޝްރީލަންކާޔަށް އެމަހު 4ގާ ގޮސް، 19ގާ އެއިން ވެދުން ބޭލިކަމާ، ބަންދުދުވަސް ގިނަކަމުން، އެކޮޅުން ފަތްކޮޅު 30ވަނަ ދުވަހު ލިބިއްޖެއްޔާ 31ވަނަ ދުވަހު ފުރުވާލެވޭނެކަމާ، ސްޓޭންޕް ހަދާ ނިމިފާވާ ކަމުގަޔާ އަދި ޑިލާރޫ ކިޔާ ކުންފުންނަކަށް ލިޔުއްވަނިކޮށް ބޭނުން ވަރަކަށް ސްޓޭންމްޕް ލިބޭނޭ ކަމުގާ، އެސަފީރަށް ޝްރީލަންކާ ސަރުކާރުން އަންގާފާވާތީ، ލަސްނުކޮށް އެކުންފުންޏަށް، އޭނާ އެކަން އަންގާނެ ކަމާ، މާލެ ސަރުކާރަށް ފޮނުވުމަށް ބޭނުންވާ، ވައްތަރަކުން 3 ލައްކަ، މުޅިއަކު 12 ލައްކަ ސްޓޭންޕްއަށް ޖުމްލަ 60 ހާސް ރުފިޔާ އަރާކަމާ، ކުރީގެ އަގަށް ބަލައިފިއްޔާ، އެހުރިހާ އިސްޓޭންޕަކަށް އަރާނީ 9 ސަތޭކަ ރުފިޔާ ކަމާ، އެހެންވީމާ އެކަން ރަނގަޅަށް ބަލާފާ އަންގާނެކަމާ، އެ ސްޓޭންޕްތައް ލާން ދަގަނޑު އަލިމާރިޔެއްވެސް ގަތުން ފެންނާތީ، އެކަމުގާ ފެނިވަޑައިގަންނަވާ ގޮތެއް އެންގެވުމަށާ، އޭރުގާ އެތާސަރުކާރުގާ ބާއްވާ ރާއްޖޭގެ ހިސާބުގެ ބާކީޔާ، އެހެނިހެން ވާހަކަ ލިޔެ، އެސަފީރު ސޮއިކޮށް، ފޮނުވާފާވާ ސިޓީއެއް.(Size: 7.95" x 9.9") Sri Lanka - Maldivian Embassy - letter(Official)

Creator(s)

Provenance

Other properties

contributor -
coverage Modern History
coverage The 1900s
date 1908
format Physical Medium
language Dhivehi
language Thaana
recordNumber R00853
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives -- Sri Lanka -- Maldivian Embassy -- Letter
title Sri Lanka - Kolpitiya - Dhivehi Embassy - Sitee eh
transferredRecord Yes
type Manuscript