.... - ..... – ...... – ސިޓީއެއް(ޝާހީ)

Record · http://example.org/archive/record-acc-95bc9f86-r00812

View OAIS mapping → View in graph → Edit →

1350ހ ރަބީލްއާހިރު 29(1931މ ސެޕްޓެންބަރު 13)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު އިސްކަންދަރު އަށް؛ އޭރުގެ ބޮޑުވަޒީރު އަބްދުލް މަޖީދު(ނަމެއް ނެތް، އޮތީ ސޮއެއް)، އެރަދުންގެ ދަރިކަލުން 'ޕްރިންސް' ހަސަން އިއްޒުއްދީނު، ކަރަޔަށް ބޭސް ފަރުވާޔަށް ވަޑައިގަންނަވަން އެދިވަޑައިގަތް އެދިވަޑައިގަތުމާ ބެހޭގޮތުން،އެ ދީދީ އަށް ފެނިވަޑައިގަންނަވަނީ، ޝްރީލަންކާގެ ސަރުކާރުން ރާއްޖޭގެ ކަންކަމުގާ ލަފާދީ، ކަންތައްތައް ރަންގަޅުކުރުމަށް ރާއްޖެޔަށް އައި، ބީ.އެޗް.ބޯޑިލޯން ސީ.އެމް.ޖީ، ރަދުންގެ އަރިހުގާ ދެންނެވިގޮތަށް، އެ މަނިއްޕުޅު(ޕްރިންސް)ގެ ގޯސް އުޅުންވުންތަކުން ދުރުހެލިވެ، މީހުންގެ ރުހުން ލިބޭނޭގޮތުގެ މަތިން، އޭނާގެ އުޅުން ރަނގަޅު ކުރުއްވުމާ، ރަދުންގެ އަރިހުގާ އެކިއެކި މުނާސަބަތުގާ ނުކުމެވަޑައިގަނެ، ހުކުރަށް ވަޑައިގަނެ، މީހުންނަށް ފެންނާނޭ ގޮތަށް އުޅުއްވުމާ، މި ލަފާތަކާ އެއްގޮތަށް ކަންތައްތައް ކުރަށްވަން ނޫޅުއްވާ ހުންނެވި ހިނދު، ވިޔާނުވާ(ވިޔާނުދާ) މޮޔަ، ގިނަ ކުދިންތަކެއް އަރިހަށް ލަށްވާފާ، އެ މަނިއްޕުޅު، ފޮނުވުން އެއީ އެ ދީދީ އަށް އެއްގޮތަކަށްވެސް ފެންނަގޮތެއް ނޫންކަމާ، އަދި ޝްރީލަންކާގެ ކޮޅުނބު ނޫން އެހެންތަނަކަށް، އެމަނިއްޕުޅުގެ ބޭހަށް ފޮނުއްވުމަކީވެސް ފެންނަގޮތެއްނޫން ކަމާ، ފޮނުއްވާއިރު، އެ މަނިއްޕުޅުގެ ހާލުކޮޅާއި އެހެން ކަންކަން ބަލަހަށްޓަން ދުވަސްވީ ލަފާ ބޭފުޅަކު ނުވަތަ ބޭކަލަކާއި، އަރިހު ބޭކަލުން ގޮތުގާވެސް، ހަމަ، އެފަދަ 4 މީހުންނާއި، ކަށްކަން މީހަކާ، މުޅި ޖުމްލަ 6 ބޭކަލުންނަށް ވުރެ އިތުރު ނުކުރެއްވުމާއި، އަދި މުޅި އެދަތުރަށް، ބޭހާއެކު، މަހަކު -/2000 ރުފިޔާއިން ފުއްދަވާންޖެހޭނެ ކަމާ، އެނޫން ގޮތަކަށް އެ މަނިއްޕުޅަށް އެދަތުރު ދެއްވުމަކީ، އެދީދީ އަށް ފެންނަކަމެއް ނޫންކަމުގާ ލިޔެ، ފޮނުވާފާވާ ސިޓީއެއްގެ ނަކަލެއް. (Size: 8.8" x 5.35") letter(Royal)

Creator(s)

Provenance

Other properties

contributor By Sultan Mohamed Shamsuddin
coverage Modern History
coverage The 1900s
date 1931
format Physical Medium
language Dhivehi
language Thaana
recordNumber R00812
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives -- Royal -- Letter
title …. - ….. - …... - Sitee eh (Shaahee)
transferredRecord Yes
type Manuscript