ޝްރީލަންކާ – ކޮލްޕިޓިޔަ – ދިވެހި އެންބަސީ – ސިޓީއެއް

Record · http://example.org/archive/record-acc-95bc9f86-r00786

View OAIS mapping → View in graph → Edit →

1326 ރަމްލޯނު 6(1908މ އޮކްޓޯބަރު 2)ގާ، ބޮޑުބަނޑޭރިގޭ ބޭފުޅުންނަށް؛ ޝައުބާން މަހު 26ވަނަ ދުވަހު، ވެލިދޫގޭ ބައްތެލި، ގާފަރުބޭރުން ނުކުމެ މާލެޔަށް އައުމުގެ މަގުމަތީ، ގަދަވެގެން، ބެހިގެންގޮސް، ޝްރީލަންކާގެ، އުސްވެތިކެއިޔަވަޔޭ ކިޔާ ހިސާބަކަށް އުރި، އެހިސާބުގާ ތިބި މީހުން އެމީހުންނަށް އެހީވުމުން ފުރާނަޔަކަށް ގެއްލުންނުލިބި ސަލާމަތްވީ ކަމުގާ އެބައްތެލީގާ ތިބި މީހުން ބުނި ކަމާ، އެމީހުން ރޯދަމަހުގެ 4ވަނަ ދުވަހު ކޮޅުނބަށް ގެނެސް، އޭރު އެމީހުން ތިބީ މަރަށްކާރުގޭގާ ކަމާ، އެމީހުންގެ އަތްކަނޑުވާފާ(ކަށިވިދުރި ވެކްސިން ދިނުން؟؟؟) ވީހާވެސް އަވަހަކަށް މާލެ ފޮނުވާނެ ކަމާ، އެބައްތެލީގާ ތިބީ ކުޅުދުފުށީ މީހުންކަމާ، އެމީހުންނަކީ: އަލީ، ކަނބުރު ހުސެއިންގެ ދަރި އާދަނު، އެދުރު އީސާގެ އަލީ، ރާވެރި އަހުމަދު، ހައްވާ އަލީގެ މޫސާ ކަމުގަޔާ، އޭގާ ހުރިކަމުގާ ބުނާ ތަކެއްޗަކީ: 700 ރޯނުބޮނޑި، ހުތްހަކުރު 15ބާގަ ކަމާ، އެއްޗެތިން ސަލާމަތްވީ 263 ރޯނުބޮނޑި ކަމުގަޔާ، އަދި މިހާދިސާޔާ ގުޅޭގޮތުން ބަދަލުވި ސިޓީތައް ފޮނުވި ކަމާ، އޭގެތެރެއިން އިނގިރޭސިން ހުރި ސިޓީ އަނބުރާ ފޮނުއްވާދެއްވުމަށް އެދި، 'އަބްދުލް ހަމީދު ދީދީ ދިވހިރާއްޖޭގެ ސަފީރު'ގެ 'ލެޓާހެޑް' ގަނޑެއްގާ ލިޔެ، އޭނަ ސޮއިކޮށް، މާލެ ފޮނުވާފާވާ ސިޓީއެއް.A letter sent to Malé updating a report on a ship that was wrecked in a storm off Sri Lanka (Size: 13.1" x 8.4") Sri Lanka - Maldivian Embassy - letter(Official)

Creator(s)

Provenance

Other properties

contributor -
coverage Modern History
coverage The 1900s
date 1908
format Physical Medium
language Dhivehi
language Thaana
recordNumber R00786
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldive -- Sri Lanka -- Maldivian Embassy -- Letter
title Sri Lanka - Kolpitiya - Dhivehi Embassy - Sitee eh
transferredRecord Yes
type Manuscript