ކ - މާލެ - ގ.މަލިންގޯތި(އަބަދަށްހިޔާގެ) – އަމިއްލަ ގޯތި ފަތެއް
Record
· http://example.org/archive/record-acc-95bc9f86-r00537
View OAIS mapping → View in graph → Edit →
1333ހ ރަބީލްއާހިރު 19(1915މ މޭ 4)ގާ، މަހްކަމަތުލް ޝަރީޔާގެ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބުގެ ޝަރީއަތު މަޖިލީހުގާ، ބޮޑުކިބާ ބަނޑޭރި، ފާމުދޭރިގެ ހަސަން ކަލޭފާނު އާއި ވެޔޮދޮށު ގަނޑުވަރު ބަނޑޭރި ބޮޑު ހަސަން ކަލޭފާނު، ގަލޮޅު ގަނޑުވަރުގެ އިރުން މާވާ ގަނޑުވަރުގެ ހުޅަނގުން އޮތް ވިލިނގިލިވަރު މަލިން ގޯތި، ބަންޑާރައަށް ނަގާ، އޭގެ ބަދަލުގާ، ގަލޮޅު ބަބުރުންކޮށިން ދެއްވައިފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތަކަށް އެދުމުން؛ އެކަން ބަށްލަވާ، 1303ހ(1886މ)ގާ، އަލްގާޒީ އިސްމާއީލް ބަހާއުއްދީނު، އެތާގެ އިމާއި މިން ހިމަނާ ލިޔެފާވާ ފަތަކުން، އެ ވިލިނގިލިވަރު މަލިން ގޯތީ އެއީ، މަލިން ތަކުރުފާނުގެ ބެހެނިވެރިންނަށް މިލްކުވެއޮތް ގޯއްޗެއް ކަމުގާ ސާބިތުވުމުން؛ ގަލޮޅު ބިހުރޯޒު މިސްކިތާއި އާގަނޑުވަރާ ދެމެދުން އިރަށް އޮތްމަގާ އިންވެ ދެކުނުން ދެބައިރަނީންގެ ގޮނޑުގެ އިރުން ގަލޮޅު ކޮލިހިނގާ މަގަށް ނުކުންނަން އޮތް ގޯޅިއާ އިންވެ އިރުން އޮތް އެގޯތި(ގ.މަލިންގޯތި/އަބދަށްހިޔާގެ) އެއީ، މުންނާރު ހާޖީގެ ފިރިހެން ދަރީގެ އުމަރު މަނިކު އާއި ހާޖީގެ ކަތްދާމަނިކެ އަދި މަރިޔަމް މަނިކެއާއި، އެތިން ބެއިންގެ މިލްކެއް ކަމާއި، އެތަނުގެ މިން ހިމަނާ، ވިލިނގިލިވަރު މަލިން ގޯތި ބަންޑާރަ ވީކަމުގާ ބަޔާންކޮށް، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބު ލިޔެފާވާ ލިޔުމެއްގެ ނަކަލެއް.Real estate document for Galolhu Malingoathi (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin
Creator(s)
Provenance
Other properties
| contributor | - |
| coverage | IF(AND(I538>=600,I538<476),"Classical History |
| coverage | The "&LEFT(I538,3)&"0s","")))) |
| coverage | The "&LEFT(I538,3)&"0s",IF(AND(I538>=1450,I538<1750),"Easily Modern History |
| coverage | The "&LEFT(I538,3)&"0s",IF(AND(I538>=1750,I538<2025),"The Modern History |
| coverage | The"&LEFT(I538,3)&"0s",IF(AND(I538>=476,I538<1450),"Middle Ages |
| date | 1915 |
| format | Physical Medium |
| language | Dhivehi |
| language | Thaana |
| recordNumber | R00537 |
| rights | No known Restrictions on publication |
| source | President's Office |
| storageLocation | National Archives - Records Room Museum Building |
| subject | Maldives-- Malin Goathi-- Housing plot-- Private property |
| title | K - Male' - G.Malin Goathi (Abadhahhiyaage) Amilla Goathi Fatheh |
| transferredRecord | Yes |
| type | Manuscript |