ޅ - ނައިފަރު – ހުކުރު މިސްކިތް އަދި ކުޑަ މިސްކިތް – ބޯގަ އަދި ވަގުފް (މިސްކިތް/ޒިޔާރަތް) ފަތެއް

Record · http://example.org/archive/record-acc-95bc9f86-r00449

View OAIS mapping → View in graph → Edit →

1339ހ މުހައްރަމް 17(1920މ ސެޕްޓެންބަރު 30)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ދަރުބާރުގާ، ފާދިއްޕޮޅު ނައިފަރު މީހުން، އެރަށުގެ ހުކުރު މިސްކިތް އަދި ކުޑަ މިސްކިތް، އެރަދުންގެ އަމުރުފުޅަށް، ހަދާ، އާކޮށްފިކަމުގަ ބުނެ، އެދެތަން ބެލެހެއްޓޭނެ ފަދައެއް ހަމަޖަށްސަވާދެއްވުމަށް އެދުމުން؛ އެދެތަނުގެ އިހުފަތް ބަށްލަވާ، 1266ހ(1850މ)ގާ، އޭރުގެ ރަދުންގެ، އަލްގާޒީ މުހިއްބުއްދީނުގެ ޝަރީއަތު މަޖިލީހުން، އެރަށުގެ ގޮއެފާލަށްބައަށް، އެދެމިސްކިތުގެ ހަވާލުވެރިން އަރާރުންވާތީވެ، އެތަން ބަންޑާރަޔަށް ލަށްވާފާވާކަން ސާބިތުވެ، އަދި، 1197ހ(1783މ)ގާ، މުހައްމަދު މުހިއްބުއްދީނުގެ ލިޔެފާވާ ފަތުން، އަލްވަޒީރު ހަސަން ދަހަރާދަ، އެކުޑަމިސްކިތް މައްޗަށް، ނ.ރާފުށި ވަގުފްކޮށްފާވާ ކަމުގާ ސާބިތުވެ، ހުކުރު މިސްކިތު ބޯގައަށް، ނައިފަރު ގޮއިފާލަށްބަ ލަށްވާ، އަދި ކުޑަ މިސްކިތަށް ވަގުފްވެ އޮތް ނ.ރާފުށި، އެގޮތަށް ބޭއްވުމަށާ، އެދެތަނުގެ ހަވާލުވެރިން އެނގި ނެތުމުން، ވަގުތީގޮތުން، ނައިފަރު ރައްޔިތުންގެ މައްޗަށް އެކަން ލަށްވާ، އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ބޮޑުގަލު މޫސާ ދީދީގެ އަބްދުއްލޯ ދީދީ(އަބްދުއްލާ ކަމާލުއްދީނު)، ލިޔެދީފާވާ ފަތުގެ ނަކަލެއް. Size: 8.8" X 5.5" Lh.Naifaru - Hukuru Miskiiy (Mosque), Kuda Miskiiy (Mosque) - Endowment for Shrine (ziyaaraiy), Endowment for Mosque

Creator(s)

Provenance

Other properties

contributor By Sultan Mohamed Shamsuddin
coverage IF(AND(I450>=600,I450<476),"Classical History
coverage The "&LEFT(I450,3)&"0s",""))))
coverage The "&LEFT(I450,3)&"0s",IF(AND(I450>=1450,I450<1750),"Easily Modern History
coverage The "&LEFT(I450,3)&"0s",IF(AND(I450>=1750,I450<2025),"The Modern History
coverage The"&LEFT(I450,3)&"0s",IF(AND(I450>=476,I450<1450),"Middle Ages
date 1920
format Physical Medium
language Dhivehi
language Thaana
recordNumber R00449
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives -- Hukuru Miskiiy -- Kuda Miskiiy -- Endowment for Shrine -- Endowment for Mosque
title Lh - Naifaru - Hukuru Miskiiy adhi Kuda Miskiiy - Boaga adhi Vaguf (Miskiiy/Ziyaaraiy) Fatheh
transferredRecord Yes
type Manuscript