ކ - މާލެ – މއ.ކުޑައައްޔާ މަގު ހުޅަނގުން އޮތް ގޯތި – އަމިއްލަ ގޯތި ފަތެއް
Record
· http://example.org/archive/record-acc-95bc9f86-r00400
View OAIS mapping → View in graph → Edit →
1349ހ މުހައްރަމް 16(1930މ ޖޫނު 17)ގާ، މަހްކަމަތުލް ޝަރީޔާގާ، އަލްގާޒީ ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފަނުގެ މަޖުލީހުގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނުގެ ދަރި ވެލިދޫގޭ ހަސަން ދީދީގެ ދަރި ފާތުމަތު ދީދީ، އޭނާގެ ކާފައަށް މިލްކުވެފާވާ، މާލޭގެ ގޯތިތަކާއި، ވަގުފް ގޯތިތައް، އެ މަޖިލީސް މެދުވެރިކޮށް ބެއްސެވިއިރު، އޭނާގެ ބައްޕައަށްވީ ބައިން، އޭނާޔަށްވީ، މައްޗަންގޯޅި ކުޑައައްޔާމަގާ ހުޅަނގުން އަދި ކުރެންދޫ ހަދީޖާގެ ގޯއްޗާ އުތުރުން އިންވެ އޮތް ގޯތީގެ އިމާއި މިން ހިމާނާ، ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެގޯތީގެ ކަންތައް ބަށްލަވާ، އެ 1224ހ(1809މ)ގާ، އަހުމަދު ބަންޑާރަނައިބު ގެ މަޖިލީހުން، އެތަނުގެ އިހުފަތް އާކޮށް ލިޔެދެއްވާފާވާ ފަތުން، އެ ގޯއްޗަކީ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނުގެ މަންމަ، އައިޝަތު މަނިކުފާނުގެ ދަރިކޮޅަށް ވަގުފްވެ އޮތްކަމުގާ ސާބިތުވެ، އަދި އޭގެ ފަހުން އެ ފަނޑިޔާރު މަނިކުފާނުގެ ތަރިކަ ބަހައިގެން އަލްހަތީބު ހުސެއިންއަށް އެގޯތި ވެ، އޭނާގެ ތަރިކަ ބަހައިގެން، އެ ފާތުމަތު ދީދީއަށް މިލްކުވެފާވާކަން، ޝަރީޔަތުގެ މަޖިލީހުން ސާބިތުވެގެން ވުމާއިއެކު، އެ ގޯތީގެ މިންއަޅާ، އިމާއި މިން ހިމަނާ، އެގޯއްޗަކީ ވެލިދޫގޭ ހަސަން ދީދީގެ ފާތުމަތު ދީދީގެ މިލްކެއްކަމުގާ، އައްނައިބު މުހައްމަދު ލިޔެފާވާ ފަތުގެ ނަކަލެއް. A copy of the report originally written on 17 June 1930 about the ownership of the land. (Size: 8.85" X 6.7") Chief Justices - Al Ghaazee Hussain Salahuddin K - Male' - Ma.Kuda ayya magu hulhangun oi Goathi (Housing Plot) - Private Property
Creator(s)
Provenance
Other properties
| contributor | - |
| coverage | Modern History |
| coverage | The 1930s |
| date | 1930 |
| format | Physical Medium |
| language | Dhivehi |
| language | Thaana |
| recordNumber | R00400 |
| rights | No known Restrictions on publication |
| source | President's Office |
| storageLocation | National Archives - Records Room Museum Building |
| subject | Maldives-- Kuda ayya magu hulhangun oi Goathi-- Housing plot-- Private property |
| title | K - Male' - Ma.Kuda Ayya Magu Hulhangun oi Goathi - Amilla Goathi Fatheh |
| transferredRecord | Yes |
| type | Manuscript |